Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އިޤުރާރާއި ޚިލާފުވާ ކަމަށް ވިދާޅުވެ، ކަރެކްޝަނުން ރައީީސް ޔާމީނަށް އިންޒާރު ދެއްވައިފި

އިޤުރާރާއި ޚިލާފުވާ ކަމަށް ވިދާޅުވެ، ކަރެކްޝަނުން ރައީީސް ޔާމީނަށް އިންޒާރު ދެއްވައިފި

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމަށް ދިން ލުޔާއިއެކު، އެމަނިކުފާނު ސޮއި ކުރެއްޓި އިޤުރާރާއި ޚިލާފަށް ޢަމަލުތައް ތަކުރާރުކުރާނަމަ އިޤުރާރު ބަދަލުކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ދެއްވައިފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަކަންކަމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ކަރެކްޝަންސްއިން ދެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ހުއްދައިގެ ދަށުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަން ފައްޓަވައިފައެވެ.

އެގޮތުން އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމް ޖަގަހައިގައި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައި ވާއިރު، ހޯމަ ދުވަހުގެ ރޭ ވެސް ވަނީ ޕީޕީއެމްގެ އޮފީހުގައި އޮތް ޖަލްސާއެއްގައި ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ވިދާޅުވީ ރައީސް ޔާމީން އިޤުރާރާ ޚިލާފަށް އަމަލުތައް ބަލަހައްޓަމުންދާކަން އެ ސާވިސްއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ސާވިސްއާއިއެކު ވެފައިވާ އިޤުރާރާއި އެއްގޮތަށް ޢަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު އިންޒާރު ދެއްވައިފައިވާނެ ކަމަށް އެ ސާވިސްއިން ވިދާޅުވިއެވެ.

ރައީީސް ޔާމީން ތަކުރާރުކޮށް އިޤުރާރާއި ޚިލާފުވާނަމަ، އިޤުރާރު ބާޠިލު ކުރާނެ ކަމުގެ އިންޒާރު ވެސް ކަރެކްޝަނުން ދިނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް