ޚަބަރު ސިޔާސީ

މި އަހަރު ނިމުމުގެ ކުރިން، ޑިމޮކްރެޓްްސްއަށް 10،000އަށްވުރެ ގިނަ މެމްބަރުން ހަމަ ކުރަން އަމާޒު ހިފައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވައިފައިވާ ޑިމޮކްރެޓްސް އަށް، މި އަހަރު ނިމުމުގެ ކުރިން 10،000އާއި 15،000 ދެމެދުގެ އަދަދަކަށް މެމްބަރުން އިތުރު ކުރުމަކީ އަމާޒު ކަމަށާއި، އެކަން ހާސިލު ވެސް ވާނެ ކަމަށް އެ ޕާޓީގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް މިހެން ވިދާޅުވީ، ސަންގު ޓީވީން މިރޭ ގެނެސްދިން "ޚަބަރަށްފަހު" ޓޯކްޝޯގައި، ޑިމޮކްރެޓްސްގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސް ދާނީ "ދިރެމުން" ކަމަށާއި، ރާއްޖޭގެ ކުދި ސިޔާސީ ޕާޓީތަކަށް ވެގެން ދިޔަ ގޮތް، އެ ޕާޓީއަށް ނުވާނެ ކަމަށެވެ.

"އެހެންވީމަ، އަޅުގަނޑުމެންގެ ޕާޓީ މިދަނީ ކުރިއަށް. އަދި މިއީ އަލަށް ޒުވާނުންތަކެއް ނުކުމެ، މިހާރު ވެސް ސިޔާސީ މައިދާނުގައި ތިބެ، އަޅުގަނޑުމެންނާއިއެކީ ނުކުމެ ކުރަމުންދާ މަސައްކަތެއް. އެހެންވީމަ ސިޔާސީ މުސްތަޤްބަލްގައި އާ އުއްމީދެއް އޮތް(ޕާޓީއެއް.)" އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގައި ތިބީ މި ހުރިހައި ދުވަހު އެމްޑީޕީގައި ތިބެ، އިސްލާހަށް މަސައްކަތް ކުރި މީހުން ކަމަށެވެ. އަދި އެއީ ވައްކަމާއި ޚިޔާނާތާއި ދެކޮޅަށް ނުކުތް މީހުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!