ޚަބަރު

މާލޭ މަގުމަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާލޭގެ މަގުމަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ސޯޝަލް މީޑިޔާގައި މިއަދު ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި އަމީރު އަހުމަދު މަގުގައި ހުންނަ އިމާރާތެއް ކުރިމަތީ އޮތް ބުޅަލެއްގެ ކައިރިޔަށް ހުއްޓުނު މީހަކު ވަނީ އެބުޅަލަށް ވަޅިން ހަމަލާދީފައެވެ.

އެގޮތުން މި ވީޑިޔޯ ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު ދަނީ އެކަމާއި ނުރުހުން ފާޅުކޮށް ބުޅަލަށް އަނިޔާކުރި މީހާ ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

މިކަމާއި ގުޅިގެން "ދެން" އިން ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ މި ފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އާންމުވެފައިވާ އިތުރު ވީޑިއޯ އަކުން ފުލުހުން އެމީހާ ބިޑިއަޅުވައިގެން ގެންދާ މަންޒަރު ފެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!