ޚަބަރު ރައްޔިތުންގެ މަޖިލިސް

އިސްރާއީލު ޕާސްޕޯޓު "ބޭން" ކުރުމަށް 1000 މީހުންގެ ސޮޔާއެކު މަޖިލީހަށް ޕެޓިޝަނެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށް ގޮވާލާ 1000 މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.

Ads by MWSC

މި ޕެޓިޝަނަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން، ހުށަހަޅާ ޕެޓިޝަނެކެވެ.

ރައިޓް މޫވްމަންޓުން ބުނީ މިއީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް އެދި ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.

އެގޮތުން 1000 މީހުންގެ ސޮޔާއެކު މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން މާދަމާ ހެނދުނު 08:30 ގައި ކުރިޔަށް ދާނެކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

ހަމަ އެހެންމެ ނުވައެއް ޖަހާއިރު މި ޕެޓިޝަން ހުށަހެޅުމަށްފަހު މަޖިލިސް އިދާރާ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުން އޮންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

ރައިޓް މޫވްމަންޓުން ބުނީ މި ޕެޓިޝަނުގެ މަސައްކަތް އަދި އެއްކޮށް ނުނިމޭ ކަމަށެވެ.

މީގެ އިތުރުން މި ޕެޓިޝަން ގައި ހުރިހާ ރަށްތަކުން ސޮއިކުރި ކަރުދާސްތައް ލިބުމުން ރައީސުލްޖުމްހޫރިއްޔާއަށް މުޅި ޕެޓިޝަން އެކީ ހަވާލު ކުރާނެ ތާރީޚެއް މާދަމާ އިއުލާން ކުރާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

Ads by Allied Insurance
  1. އާދަމް

    ތިޔައީ ވަރަށް މުހިއްމު އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް