Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ރައީސް މުޢިއްޒުގެ ވެރިކަން ދިފާޢުކުރުމަށް އިންޗިއެއްވެސް ފަަހަތައް ނުޖެހި ހުންނާނަން: ޝުޖާއު

ރައީސް މުޢިއްޒުގެ ވެރިކަން ދިފާޢުކުރުމަށް އިންޗިއެއްވެސް ފަަހަތައް ނުޖެހި ހުންނާނަން: ޝުޖާއު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ދިފާޢު ކުރުމުގައި އިންޗިއެއްވެސް ފަަހަތައް ނުޖެހި އެ މަނިކުފާނާއެކު ހުންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝުޖާއު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ގެނައީ ނުހަނު ބުރަ މަސައްކަތާއެކު ޤައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

Advertisement
HDC — Sidebar (box)

އެހެން ކަމުން ރައީސް މުޢިއްޒުގެ ވެރިކަން ދިފާޢު ކުރުމުގައި އިންޗިއެއްވެސް ފަަހަތައް ނުޖެހި އެ މަނިކުފާނާއެކު ހުންނާނެ އެކަކަށް ޝުޖާއުއާއި އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންވާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ކުރި މަސައްކަތަކީ ކޮބައިކަން ދިވެހީން ދަންނާނެ ކަމަށާއި މާ ޕީޕިއެމް ވެގެން މި އުޅެނީ އެކަން ނުދަންނަ މީހުން ކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައެވެ.

ޝުޖާއު މި މޭރުމުން ވާހަކަދައްކަވާފައި ވާއިރު ހިޔާލު ތަފާތުވުންތައް އުފެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމާއި ދުރަށް ވަޑައިގެން އިތުރު ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން އަންނަ ކަން ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް