ޚަބަރު ސިޔާސީ

އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ މި ސަރުކާރުން ހުއްޓުވާނެ: ދުންޔާ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހުއްޓުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ދުންޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ދުންޔާ ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށާއި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަމާއި އިންސާފު ކަށަވަރު ކުރުމަށް ޚާއްސަ ޤައުމީ މަރުކަޒެއް ޤާއިމުކުރަން ވައުދުވެފައިވާ ކަމަށެވެ.

އެހެންކަމުން މިިކަމުންވެސް ދޭހަކޮށްދެނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ރައީސް ޑރ. މުޢިއްޒު އަދި މި ސަރުކާރުންދޭ އަހަމިއްޔަތުކަން ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަންހެނުންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމުގައި މި ސަރުކާރުގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޢާއިޝަތު ޝިހާމް ކާމިޔާބު ކުރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.

ދުންޔާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ހަމަ އެހެންމެ ދުންޔާ ވަނީ ޑީއާރްޕީއާއި ޕީޕީއެމްގައި މަސައްކަތް ކުރެއްވުމަށް ފަހު ސިޔާސީ ޕާޓީ އެމްއެންޕީއާއި 2021 ވަަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު މިދިޔަ ރިޔާސީ އިންތިޚާބުގައި ސެޕްޓެމްބަރު މަސްތެރޭގައި އަލުން ޕީޕީއެމާއި ގުޅިވަޑައިގެން ރައީސް މުޢިއްޒުގެ ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ.

  1. ދުންޔާ މައުމޫނު އައުރަ ނިވާކޮށްގެން ރީތިކޮށް ބުރުގާ އަޅައިގެން ބަސް އަހައިގެން އުޅެންވީ ވަޒީފާ ލިބޭނެ !