Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ހަތް އަހަރަށް ފަހު އަލީ ވަހީދު އަލުން އެނބުރި އެމްޑީޕީއަށް

ހަތް އަހަރަށް ފަހު އަލީ ވަހީދު އަލުން އެނބުރި އެމްޑީޕީއަށް

މިދިޔަ ސަރުކާރުގައި އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަލުން އަނބުރާ އެ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

އެކްސްގައި އަލީ ވަހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 7 އަހަރު ފަހުން އަލުން އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

އަދި އެމްޑީޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އަލީ ވަހީދު އެންމެ ފަހުން ފުރުއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓުކަން ވެސް އަލީ ވަހީދު ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް