Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ހަންގޭރީ ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ހަންގޭރީ ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ހަންގޭރީ ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާޅައިލައިފިއެވެ.

ހަންގޭރީން، ރާއްޖެއަށް 2021 ވަނަ އަހަރު ފޯރުކޮށްދިން 15 ސްކޮލަރޝިޕްގެ ފުރުޞަތު، 2024 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 25 ސްކޮލަރޝިޕަށް އިތުރުކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި މިއަދު ބުނީ، އަންނަ އަހަރަށް ހާއްސަކޮށް ހަންގޭރީން ދޭ ބެޗްލަރސް ޑިގްރީގެ އަށް ފުރުސަތާއި، މާސްޓަރސް ޑިގްރީގެ 14 ފުރުސަތާއި ޑޮކްޓޯރަލް ޑިގްރީ ތިން ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ.

Advertisement
Ooredoo — Truecaller (box)

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕަށް އެ މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމުގެ ވެބްސައިޓު މެދުވެރިކޮށް ޖެނުއަރީ 15 ވަނަ ދުވަހު ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.

މީގެ އިތުރުން ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަނޭޅޭނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ހާ،މަކުރެއެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް