ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ވެބްސައިޓެއް ބްލޮކްނުކުރާނެ: ސަރުކާރު

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް އެއްވެސް ވެބްސައިޓެއް ބްލޮކްނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދު އަދި ބްލޮކް ވެސް ނުކުރާނެ ކަމަށެވެ.
އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.
ޝަހީބު މިފަދައިން ވިދާޅުވީ ސަރުކާރާ ދެކޮޅު ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓެއް ރޭ ބްލޮކްކުރުމާއި ގުޅިގެންނެވެ. ރޭ ބްލޮކް ކުރި ދެ ސައިޓަކީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމްއެވެ.
އެ ދެ ސައިޓުން ވެސް ވަނީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ބައެއް ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހުރި ކަމެއް ބުނެ، ނޫހެއް ގޮތަށް ލިޔުންތައް ޝާއިއުކޮށްފައެވެ.




-1793808498597%20(1).webp)

ކޮމެންޓް