ޚަބަރު ސަރުކާރު

ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ ސްކްރީން ކުރަން ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ފަށާފައިވާ ޤައުމީ ކެމްޕޭނުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ ސްކްރީން ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

މި ކެމްޕޭނުގެ ދަށުން އެންމެ ފުރަތަމަ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓު ކުރަން ފަށާފައި ވަނީ އަރަބިއްޔާ ސްކޫލުގައެވެ.

މި ކެމްޕޭނުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުން ކަމަށެވެ. އަދި ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުން މި ކެމްޕެއިންގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަ ކުރެއެވެ.

މީގެ އިތުރުން މި ކެމްޕޭންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!