ޚަބަރު ސަރުކާރު ސިޔާސީ

މީދޫގެ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންދާނީ ރައްޔިތުން އެދޭގޮތަށް: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާޅޮސްމަޑުލު އުތުރުބުރީ މީދޫގެ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންދާނީ ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަޤީންކަން ދެއްވާފައި ވަނީ މިރޭ މީދޫ ކައުންސިލުގެ މެންބަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ސައިޒުބޮޑުކޮށް ބަނދަރަށް ގެންނަންވާ ބަދަލުތަކާއި ހޮސްޕިޓަލެއްގެ މުހިންމުކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި ރަށުން ބިންހިއްކެއް އޮތް މިންވަރެއްގެ ބިން ހިއްކުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މިކަންކަމުގެ އިތުރުން މިހާރު ނުހެދި ހުރި މަގުތައް ހެދުމުގެ މުހިންމުކަމާއި އިންޑޯ ކުޅިވަރުތައް ކުޅޭނެތަނެއްގެ އިތުރުން އިސްލާމީ މަރުކަޒެއް އަދި ޑޮލަރ އޭޓީއެމްއެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!