ޚަބަރު ސަރުކާރު

ހިިންނަވަރު އޮތީ ވަކި ބައެއްގެ މިލްކަކަށް ހަދާފައި، ފުރިހަމަ ހައްގު ހޯދައިދޭނަން: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް، ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ޅ. ހިންނަވަރު އޮތީ ވަކި ބައެއްގެ މިލްކަކަށް ހަދައި އެ ބައެއްގެ ފުލް ކޮންޓްރޯލް އޮތް ތަނެއްގެ ގޮތުގައި ކަމަށާއި، އެ ރަށަށް ފުރިހަމަ ހައްގު ހޯދައިދޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އެހެން ވިދާޅުވީ ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިންނަވަރުގެ ހޮސްޕިޓަލްގެ މަޝްރޫއުއާ އަދި ސްކޫލްގެ އާ ޢިމާރާތެއް އެޅުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އަދިވެސް އެފަދަ ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެ ހުރިހާ މަސައްކަތްތަކަކަށް ސަމާލުކަންދީ، ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ

ތިމަންނަމެންގެ މިލްކެއްގެ ގޮތުގައި، ތިމަންނަމެންގެ ފުލް ކޮންޓްރޯލްގެ އޮތް ތަނެއްގެ ގޮތުގައި ބަލައި، އެހެން ނަމަވެސް، ކަންކަން ނުވެ އޮތް މައްސަލަވެސް އެބައޮތް.

ރައީސް ވިދާޅުވީ ހިންނަވަރުގައި އެހެން ކުރަންހުރި ކަންތައްތަކެއް ނުކުރެވި އޭގެ އުންމީދުގައި ތިބޭތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް  އެމަނިކުފާނު ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަވާނެ ކަމަށެވެ.

އެއްވެސް މީހެއްގެ ސިޔާސީ ވިސްނުމަކީ އެމަނިކުފާނަށް މުހިންމު އެއްޗެއް ނޫން ކަމަށާއި ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުއްޓަސް އަދި ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް ހުރިހާ ރައްޔިތުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ހިންނަވަރުގައި މިހާތަނަށް ހަގީގަތަކަށް ނުވެ ގޮސްފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމައިދީ، ހިންނަވަރަށް ހޯދައިދޭންޖެހޭ ފުރިހަމަ ހައްގު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޯދައިދޭނަން

އެ ރަށު ކައުންސިލުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލް މެދުވެރިކޮށް، ރައްޔިތުންނަށް ހިދުމަތް ދެއްވަން ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރުން ކުރަންހުރި ކަންކަމުގައި އެއްބާރުލުން ދޭނެ ބޭފުޅުން ރައްޔިތުން ހޮއްވަވައިފިއްޔާ، ހުރިހާ ކަމެއް ފަހިކޮށްދިނުމަށް ގާނޫނުތައް އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި، ރޯދަމަހުގެ އިނާޔަތް ލިބޭގޮތަށް ގާނޫނު އިސްލާހު ކުރުމާއި، މުވައްޒަފުންގެ ގޮތުގައި ކަނޑައެޅީމާ ލިބެންޖެހޭ ހުރިހާ އިނާޔަތްތައް ލިބޭގޮތަށް ގާނޫނު އިސްލާހުކޮށްދިނުމާއި ރޯދަ މަހުގެ އިނާޔަތާއި، ވިހެއުމުގެ ޗުއްޓީއާއި، އެކިކަހަލަ ޗުއްޓީތަކާއި، ބޭންކްތަކުން ލޯނު ނެގޭގޮތަށް ބަދަލުކޮށްދިނުން ފަދަ ކަންތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!