ޚަބަރު ސިޔާސީ

މަޖިލިސް އިންތިހާބުން ސަރުކާރަށް ދަށް ނަތީޖާއެއް ލިބުން އެކަށީގެންވޭ: ވައްޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހުން އެކަށީގެންވާކަމަށް ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް އޮތް އިންތިހާބަށް ކަނޑައަޅާފައިވާ ތަަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ވައްޑެ މިފަދައިން ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި، އަމިއްލަ ގޮތުން ކުރެންދޫ ދާއިރާއަށް ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަށް ސަރުކާރުން ތާއިދުކުރާ ކަމަށް ތުހުމަތުކޮށް، ޕީއެންސީގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ވައްޑެ ވިދާޅުވީ މި ސަރުކާރުގެ މަގުބޫލުކަން މިހާ ކުޑަކޮށް އޮތްއިރު، އަދި ސަރުކާރު ކެންޑިޑޭޓުން ކަށަވަރުވާން ވެސް އުނދަގޫއިރު، ކުރިމަތީ އޮތް މަޖިލިސް އިންތިޚާބުން ވަރަށް ދަށް ނަތީޖާއެއް ސަރުކާރަށް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ފާޑުކިޔާ ފަރާތްތައް ވަޒީފާތަކުން ވަކިކުރަމުންދާކަމުގެ ތުހުމަތުތަކާއި ގުޅޭގޮތުން ވައްޑެ ވިދާޅުވީ ރައީސް ބޭނުންވާ ގޮތް ރައީސް ވެރިންގެ ގޮތުގައި އައްޔަނުކުރެއްވި މީހުން ނުހަދާ ކަމަކީ ކަންބޮޑުވާ ކަމެެއް ކަމަށާއި ރައީސް އެހާ “ބޭކާރު” ކޮށްނުލުމަށް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި އެމަނިކުފާނުވެވަޑައިގެންނެވި ވައުދުތައް ފުއްދޭނީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުން މަޖިލީހަށް އިންތިހާބު ކުރައްވައިގެން ކަމަށް ރައީސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. މި ސަރުކާރު ހަމަ މަގަށް އަޅުވައި ސަރުކާރަށް ފާރަވެރިވާން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ޕޯޑިއަމްތަކުގައި ވިދާޅުވަމުންނެވެ.

Ads by HDC
  1. އަބްދޫ

    ސަރުކާރަށް ދަށް ނަތީޖާއެއް ލިބޭނީ ޔާމީނުގެ ނޭއްގާނި ކަމުގެ ސަބަބުން . ޔާމީނަށް އެއްގޮނޑި ވެސް ނުލިބޭނެ.