ޒިޔާދުގެ ރައްދު ސޯލިހަށް: ކުރީ ސަރުކާރުން މަޝްރޫއުތައް ފެށީ ސިޔާސީ ބޭނުމުގައި

ކުރީގެ ސަރުކާރުން ރަށްރަށުގެ މަޝްރޫއުތައް ފެށީ ސިޔާސީ ބޭނުމުގައިކަމަށް ބުނެ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހުގައި ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ރަށްރަށު ގައި ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއްހެން ހުއްޓާލާފައިވާ ކަމަށް ކުރީގެ ރައީސް ވަނީ ވިދާޅުވެފައިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު އިތުރު ކުރުމަށްޓަކައި ކުރައްވަމުން އަންނަ ދަތުރުފުޅުގައި ށ. މާއުނގޫދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯލިހު ދެއްކެވި ވާހަކައިގެ ހަބަރުގެ ލިންކަކަށް ރައްދު ދެއްވައި ފޭސްބުކުގައި ކުރެއްވި ކޮމެންޓެއްގައި ޒިޔާދު ވިދާޅުވީ، ކުރީގެ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި ފަށާފައިވާ މަޝްރޫއުތައް ފަށާފައި ވަނީ ސިޔާސީ ބޭނުމަށް ކަމަށެވެ.
އަދި މި މަޝްރޫއުތައް ފެށިގެން ދިޔައީ މަޝްރޫއުކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާ ދަނޑިވަޅެއްގައިކަމަށްވެސް ޒިޔާދު ވަނީ ފާހަގަކޮށްފައި އެވެ.
"ޕްރޮޖެކްޓުތަކަށް ސަޕްލައި ކުރާ ކޮމްޕެނީ ތަކުން މެޓީރިއަލްސް ސަޕްލައި ކުރުވީ ކްރެޑިޓަށް. ނަމަވެސް ފައިސާ ދޭނެ ޕްލޭނެއް ނެތި."
އަދި ތެޔޮވެސް އެޅުވީ ކްރެޑިޓައް ކަމަށް ޒިޔާދު ވަނީ އެ ކޮމްނެޓުގައި ފާހަގަކުރައްވާފައިއެވެ.
އިތުރަށް ޒިޔާދު ވިދާޅުވީ އެމްޓީސީސީ ކުންފުންޏަށް މިހާލު ޖެއްސެވީވެސް ރައީސް ސޯލިހު ކަމަށެވެ. އެހެން ކަމުން ގޯސް ހައްދަވާފައި ފަލަ ސުރުހީ އަޅުއްވަން މަސައްކަތް ނުކުރުމަށްވެސް ޒިޔާދު ވަނީ ރައީސް ސޯލިހަށް އިލްތިމާސް ކުރައްވާފައިއެވެ.
ތެދުވާނީ ތެދައް ދޮގުހެދުމުގެ ނަތީޖާ އެއޮތީފެނިފަ ފަލީހައްވެ އަތުންފިއަމެނބަރުނާ ޕާރޓީކުދިއެބުނަނީ ދޮގުމަކަރުވެރިކަން ކުރީ މަކަރައް
ސްލޯސޯލިހު