ޚަބަރު

ދާންދޫން ދެމައިން ކޮވިޑަށް ފައްސިވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ގއ. ދާންދޫއިން އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އެ ރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ރަށުން ކޮވިޑް-19 އަށް ފައްސިވީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކޮވިޑް-19 އަށް ޓެސްޓް ކުރި އުމުރުން 59 އަހަރުގެ އަންހެނަކާއި އޭނާގެ އުމުރުން 19 އަހަރުގެ ފިރިހެން ދަރިފުޅު ކަމަށެވެ.

ގދ. ތިނަދޫން ފައްސިވި މީހާގެ ކޭހާ އާ ގުޅިގެން ވެސް އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާ ކަމަށާއި ނަމަވެސް މިއަދު ފައްސިވި ދެ މީހުންނަކީ ތިނަދޫ ކޭހާ ގުޅުންހުރި ބައެއް ނޫން ކަމަށް ކައުންސިލުން ބުނެއެވެ.

މިހާތަނަށް ރާއްޖޭގެ 31 ރަށަކުންނާއި 15 ރިސޯޓުންވެސް ކޮވިޑް ކޭސް ފެނިފައިވެ އެވެ.

Ads by Ooredoo
  1. ދާންދޫ ރައްޔިތުމީހާ

    އިރާދަ ކުރެއްވިޔާ އިސާހިތަކު އެދެމައިން އެބަލީން އެއްކޮށް ރަނގަޅުވާނެ. މި ބައްޔަށް ވާސިލުވާ އެންމެންނަށް އަވަސް ޝިފާ ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަމެވެ. އާމީން. ޔާ ރައްބަލް ޢާލަމީން އާމީން.