ޚަބަރު

ވިލިނގިލި ރައްޔިތުންގެ ކިބައިން ޑރ. ނަޒްލާ މާފަށް އެދެން ޖެހޭ: ސައުދު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހާ، ގއ. ވިލިނގިއްޔަށް ނޭރުވި މައްސަލާގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ދެއްކެވި ވާހަކައާ ގުޅިގެން އޭނާ ވިލިނގިލި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ސައުދު ހުސައިން ވިދާޅު ވެއްޖެއެވެ.

ގދ. ތިނަދޫއިން ކޮވިޑް19 އަށް ފައްސިވި އުމުރުން 68 އަހަރުގެ މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރުމުން، ވިލިނގިލީގައި ބަޔަކު އިއްޔެ ވަނީ އިހުތިޖާޖު ކޮށްފައެވެ.

އަދި އިހުތިޖާޖާ ގުޅިގެން، އެމީހާ އަނބުރާ ތިނަދުއަށް ގެންގޮސް، އިއްޔެ ވަނީ މާލެ ގެނެސް، ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި އެންމެންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށާއި އެކަމަކު މިފަދަ ހާލަތެއްގައި ވިލިނގިލީގައި ހިނގާދިޔަ ފަދަ ކަންކަމަކީ މި ބަލިމަޑުކަމަށްވުރެ މާނުރައްކާތެރި ކަމެއް ކަމަށެވެ.

ޑރ. ނަޒްލާގެ ވާހަކަތަކަށް ރައްދު ދެއްވައި ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިނގިލި ހޮސްޕިޓަލުގެ ކެޕޭސިޓީ އެޗްޕީއޭ އަށް ނޭނގި، ކޮވިޑް ބަލި މީހަކު ޓްރާންސްފާ ކުރަން ނިންމައި، ބަލި މީހާ ދިއުމުގެ ކަންކަން ފުރިހަމަ ނުވެ، އެހީތެރިޔަކާ ނުލައި އައިސޮލޭޝަނަށް ދިއުމަށް އުޒުރުވެރިވުމަކީ ވިލިނގިލީ ރައްޔިތުންގެ ކުށެއް ނޫން ކަމަށެވެ.

"ވިލިނގިލި ރައްޔިތުންގެ ކިބައިން ޑރ. ނަޒްލާ މާފަށް އެދެން ޖެހޭ." ސައުދު ވިދާޅުވިއެވެ.

 

ޑރ. ނަޒްލާ ރޭ ވިދާޅުވީ މިކަން ހިނގާދިޔަގޮތާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް އެ އެޗްއީއޯސީން ކުރަމުން ދާކަމަށާއި މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

Ads by Allied Insurance
  1. މައާފް

    ބަލިމަޑު ކަމުގެ ތެރެއިން އެންމެ ނުރައްކާ ބަލިމަޑު ކަމަކީ ނަފްސާނީ ބަލިމަޑުކަން މީގެތެރޭގާ އިންސާނިއްޔަތު ނެތުމާ ގާނޫނަށް ބޯނުލެބުން ހިމެނޭ.އެކަމަށް ސައުދު އެމީހުނަށް ބޭސްކޮށްދީ.ނަޒްލާ މައާފަށް އެދެން ނުޖެހޭނެ

    • ވިލިނގިލި

      ނަޒްލާ މާފަށް އެދެން ނުޖެހޭނެ.. މާފަށް އެދެން ޖެހޭނީ ދެފަހަރު ދޭއްޗީ ސައުދު… ނަޒްލާއަށް ސާބަސްދެން