ކުޅިވަރު

ސިޔާސީ މަގާމުތަކުގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ސިޔާސީ މަގާމުތަކުގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ކެބިނެޓުން މިއަދު ނިންމައިފިއެވެ.

Ads by MWSC

މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި އެގޮތަށް ނިންމީ، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް ދަށްވެ، ދައުލަތުގެ އާމްދަނީއިން 6.9 ބިލިއަން ރުފިޔާ މަދުވާތީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 331.72 މިލިއަން ރުފިޔާ އެވެ. އެއީ، މަހެއްގެ މައްޗަށް 27.6 މިލިއަން ރުފިޔާ އެވެ.

ކެބިނެޓުން މިއަދު ފާސްކުރި ގޮތުން، ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަކޮށްފިނަމަ މަހެއްގެ މައްޗަށް 5.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ބަލާއިރު 55 މިލިއަން ރުފިޔާ ސަލާމަތްވާނެ އެވެ.

މި ނިންމުމުގެ އިތުރުން ކެބިނެޓުން މިއަދު ވަނީ ހަފްތާ އަކަށް ސަރުކާރު ބަންދުކުރުމަށާއި، ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރުމަށް ވެސް ނިންމާފައެވެ.

ސަރުކާރުން މި ނިންމުންތައް ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރުމަށް ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!