ކުޅިވަރު

ކޮވިޑް-19އާ ގުޅިގެން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

Ads by STELCO

ޔޫރަޕް ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން މިގޮތަށް ނިންމާފައިވަނީ ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުންނާއެކު މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ނިންމާފައިވަނީ ޔޫރޯ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށް ފަސްކުރުމަށެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ޔޫރަޕްގެ ކްލަބް މުބާރާތް ކަމަށްވާ، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ދެން ކުޅޭނެ ތާރީހުތަކާ މެދު ވެސް ގޮތެއް ނިންމުމަށް ހަމަޖެހިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ބައެއް ލީގުތައް އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ވަނީ ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!