ފ. ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ކާމިޔާބު ކޮށްފިއެވެ.
ސައުދާ ވާދަކޮށްފައިވަނީ ކޮންގްރެސް ކޯލިޝަނުންނެވެ. އޭނާ އަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގައި ސިޔާސީ މަގާމެއް ފުރުއްވި ބޭފުޅެކެވެ.
ސައުދާ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައިފައިވާ ކެނޑިޑޭޓް އަހުމަދު ރަޝީދުއާ ވާދަކޮށެވެ.
މިހާތަނަށް ލިބިފައިވާ ނަތިއްޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްއެވެ.
 
  Ads by HDC
 
  
                                                    
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
