ކޮވިޑަށް ވެކްސިން ހޯދަން ކުރާ މަސައްކަތުގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެގައުމުން ނިންމައިފި

ކޮވިޑަށް ވެކްސިނެއް ހޯދުމަށް ކުރާ ބައިނަލްއަގުވާމީ މަސައްކަތުގައި އެމެރިކާއިން ބައިވެރި ނުވާނެ ކަމަށް އެގައުމުން ބުނެފިއެވެ.
އެމެރިކާއިން މިހެން ބުނެފައިވަނީ ވެކްސިން ހޯދުމުގެ ޕްރޮގުރާމަކީ ޑަބްލިއުއެޗްއޯ އިން ހިންގާ ޕްރޮގުރާމަކަށް ވެފައި އެމެރިކާއިން ޑަބްލިއުއެޗްއޯ އާއި މެދު އެއްވެސް އިތުބާރެއް ނެތުމުން ކަމަށް ވެސް އެގައުމުން ބުންޏެވެ.
އަދި މިދިޔަ ޖުލައި މަހު އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެގައުމުން ޑަބްލިއުއެޗްއޯ އާއި އެކު ހަދާފައިވާ މުއާހަދާތައް އުވާލައި އެޖަމިއްޔާއިން ވަކިވުމަށް ނިންމައިފައެވެ.
ޑަބްލިއުއެޗްއޯ އަކީ ޗައިނާގެ ނުފޫޒު ގަދަވެފައިވާ ޖަމްއިއްޔާއެއް ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިފަ ކުރައްވައިފައެވެ.
އެ ޖަމްޢިއްޔާއިން އިސްނަގައިގެން ފައްޓާފައިވާ ކޮވިޑް19 ވެކްސިންސް ގްލޯބަލް އެކްސެސް ފެސިލިޓީ ނުވަތަ ކޮވެކްސް ފްރޮގްރާމްގައި މިހާތަނަށް 150 އަށް ވުރެން ގިނަ ގައުމަކުން ވަނީ ބައިވެރިވެ ބައިނަލްއަގުވާމީ ފެންވަރެއްގައި ކޮވިޑަށް ވެކްސިނެއް ހޯދުމަށް މަސައްކަތް ފަށައިފައެވެ.