ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

ސްޕީޑް އަވަސް ތަަރައްޤީ ގެނެސްދޭން ދެން ތިބެން ޖެހޭނީ 24 ގަޑި އިރު ހޭލާ: ރައިސް

ފައިނާ ފާއިޒް ، ދެން އޮންލައިން
މިރޭގެ ޖަލްސާގެ ތެރެއިން

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ކެބިނެޓު މެމްބަރުން ދެން ތިއްބަވަން ޖެހޭނީ 24 ގަޑި އިރު ހޭލާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

"މަރުހަބާ ދިވެހިންގެ ރާއްޖެ" ގެ ނަމުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާޅުކުރަން ބޭއްވުނު ހަފްލާގައި ވާހަކަދައްވަމުން ރައިސް ވިދާޅުވީ ދެން އޮތީ މަސައްކަތް ކޮށް މަސައްކަތުގެ ދުވެލި އަވަސް ކުރުން ކަމަށެވެ.

އަދި ފާއިތުވި މަސް ދުވަސް ތެރޭގައި މި ރާއްޖެއަށް ގެންނަން ޖެހޭ މަސައްކަތް ވަނީ ވަރަށް ދަތި އުނދަގުލުން ކަމަށާއި ނަމަވެސް މިންވަރެއް ކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, ދެން އޮތީ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއިދުގެ މައްޗަށް މި ފަސް މަހުގައި ކުރެވުނު މަސައްކަތުގެ އެތައް ގުނައެއް ސްޕީޑު އަވަސްކޮށް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަސައްކަތް ފެށުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެން ފެށޭނީ ރާއްޖެ ތަރައްގީ ވާ ދުވަސްތައް،" ރައިސް ޔަގިންކަންދެއްވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ކުރައްވާނީ ސީރިއަސް ކަމާއި އެކު ރައްޔިތުންގެ ފައިިދާއަށް ކަމަށެވެ. އަދި  މަޖިލީހުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން އެއްބަހެއް ކިޔައިގެން ނިންމި ނިންމުންްކަމާއި ރައްޔިތުންގެ މި ނިންމުން އެއީ އެންމެ ރަނގަޅު ނިންމުންކަން ސާބިތުކޮށްދިނުމަށް ނުނިދާ ތިއްބަވައިގެން ނަމަވެސް މަސައްކަތް ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީއާ ދުވަސްތައް. މި ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫން، ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާއޭ،". ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި، މަޖިލީސް މެންބަރުންނަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެނޑިޑޭޓުން ވަނީ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 71 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިއެވެ.

Ads by Ooredoo
  1. ތަދޯ

    މުއިއްޒު ވެރިކަަމަށް އައީ ހުރިހާ އެއްޗެއް ހާމަކުރާނޭ ކަމަށް ބުނެގެންނޭ ރައްޔިތުން އޭނާ ބުނި ބަހަށް އިތުބާރުކުރިއޭ އެކަމަކު ވެރިކަމަށް އައިސް އެންމެ މަހަކު ވެސް ސަރުކާރުން ޚަރަދުކުރާ މިންވަރު ފިނޭންސް މިނިސްޓަރަށް ނުކެރެއޭ ހާމަކޮށް އަދި ވެބް ސައިޓް ގައި ޝާއިއު ކުރަން އޭއި މިހިރަ މުއިއްޒޭ މީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިނގާ ސަރުކާރެކޭ ތަމެން ބޭނުންވުމުން ފައިސާ ޚަރަދުކުރާ ގޮތް ސިއްރުނުކުރެވޭނެއޭ އެއީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ ތަ އަމާ ހަނދާންކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ