ޚަބަރު ސަރުކާރު

ކަނޑު ރޯދި އުފާ ފެސްޓިވަލްގައި ބައިވެރިވާން ހުޅުވާލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ދިރާގުން ބޭއްވި ހަރަކާތެއްގެ ތެރެއިން

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތެއްގެ ގޮތުގައި "ކަނޑު ރޯދި އުފާ" ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

Ads by Sosun Fihaara

މި ހަރަކާތް ބާއްވަނީ އަންނަ ޖޫން މަހުގެ 08 ވަނަ ދުވަހު އެވެ. މި ފެސްޓިވަލަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި ގުޅުންހުރި މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މި ފެސްޓިވަލްގެ ތެރެއިން ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ އިތުރުން ސަރުކާރު މުއައްސަސާތަކަށްވެސް މި ފެސްޓިވަލްގައި ބައިވެރިވެވޭނެ އެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ 11:00 ގެ ކުރިން ގޫގަލް ފޯމެއް ފުރިހަމަކޮށް މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން 08 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ކެޓެލައިޒިން އެކްޝަން ފޮރ އަވަ އޯޝަން އެންޑް ކްލައިމެޓް" އެވެ.

ކަނޑުތަކުގެ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރީ 1992 ވަނަ އަހަރު އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!