މަރުވި މީހާގެ ގައިގައި ޖެހުނު ލޯންޗު ދުއްވި މީހާގެ ބަންދަށް 15 ދުވަސް

ލޯންޗަކުން ޖެހި ބިދޭސީއަކު ނިޔާވި ހާދިސާގައި ހައްޔަރުކުރި ލޯންޗު ދުއްވަން އިން މީހާގެ ބަންދައް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ލޯންޗު ދުއްވަން އިނީ ދިވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެެ. ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބިދޭސީ މީހާ މަރުވީ ފާނަ މަސްވެރިކަމަށް މޫދަށް އެރިއުޅެނޮކޮށް އޭނާގެ ގައިގައި އެ ލޯންޗުން ޖެހިގެންނެވެ.
ބިދޭސީމީހާ މީހާއަކީ ފީއަލީގައި ފާނަ މަސްވެރިކަމުގައި އުޅޭ މީހެކެވެ.
މިހާދިސާ ހިނގާފައިވަނީ އދ. ދަނގެތި ކައިރިއަށް ހޮނިހިރު ދުވަހު އެ ބިދޭސީމީހާ ފާނައަށް ގޮސް އުޅެނިކޮށް އޭނާ މޫދުގައި އޮއްވާ އެހެން، ލޯންޗު އެމީހާގެ ގައިމަތިން ދިއުމުގެ ސަބަބުންނެވެ. އެމީހާގެ ކަނދުރާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފަ އެވެ.