ކުޅިވަރު ފުޓްބޯޅަ

ސްޕެއިން އިން މުބާރާތް ފެށީ ގަދަކޮށް، 16 އަހަރުގެ ޔަމާލްއަށް ރެކޯޑެއް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން
ޔަމާލް—-

ޔޫރޯ 2024 ގައި ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން އިން އިތުބާރު ހޯދައިފިއެވެ.

Ads by Hajj Corporation

މިރޭ ގްރޫޕް ބީގެ ފުރަތަމަ މެޗު ސްޕެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.  އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ ވަނީ ގޯލެެއްޖަހައި އެ ޓީމަށް ލީޑުނަގައިދީފައެވެ.

އޭގެ ތިން މިނެޓުފަހުން ސްޕެއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ.  އެ ގޯލަކީ ކްރޮއޭޝިއާގެ އޭރިއާ ބޭރުގަައި ހުރެފައި ފެބިއަން ރުއިޒް ފޮނުވާލި ހަމަލާއަކުން ކާމިޔާ ުކުރި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ޑެނީ ކާވަހާލް ވަނީ އެ ޓީމުގެ ތިންވަނަ ގޯލުޖަހައިފައެވެ. ޔަމާލް ތަނަވަސްކުރި އެ ފުރުސަތާއެކު އޭނާ ވަނީ ޔޫރޯ މެޗެއްގައި އެސިސްޓެއް ހެދި އެންމެ ހަގު ކުޅުންތެރިޔާއަށް ވެފައެވެ. 16 އަހަރުގެ ޔަމާލްއަކީ މިރޭގެ މަޗައް ނިކުތް އިރުވެސް ޔޫރޯ މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ.

މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާއަަށް ވަނީ ގޯލު ޖަހާނެ ރަނުވެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސްޕެއިންގެ ޕެނަލްޓީ އޭރިއާތެރެއިން ކްރޮއޭޝިއާގެ ކުޅުންތެރިއަކަށް ރޮޑްރި ކުރި ފައުލަކަށް ދިން ޕެނަލްޓީ ޕެޓްކޮވިޗް ފޮނުވާލި ނަމަވެސް އެ ޕެނަލްޓީގެ ހުރަހަކަށްވީ ސްޕެއިންގެ ކީޕަރު އުނައި ސައިމޮންއެވެ.

އެ މޮޅާއެކު ސްޕެއިންއަށް ވަނީ ގްރޫޕް ބީގެ އެއްވަނަ ތިން ޕޮއިންޓާއެކު ލިބިފައެވެ. މެޗުން ބަލިވި ކްރޮއޭޝިއާ އޮތީ ގްރޫޕްގެ ފުލުގައެވެ. މިރޭ  12:00 ގައި އެ ގްރޫޕްގެ ދެވަނަ މެޗުގައި އިޓަލީއާއި،  އަލްބޭނިއާ ބައްދަލުކުރާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!