Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ކުޅިވަރު

އަލްބޭނިއާ އަތުން ޗެމްޕިއަން އިޓަލީއަށް އުދަނގޫ މޮޅެއް، އަލްބޭނިއާ ތާރީހުގެ ތެރެއަަށް

އަލްބޭނިއާ އަތުން ޗެމްޕިއަން އިޓަލީއަށް އުދަނގޫ މޮޅެއް، އަލްބޭނިއާ ތާރީހުގެ ތެރެއަަށް

ޔޫރޯ 2024 ގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށް އަލްބޭނިއާ އަތުން އުނދަގޫ މޮޅެއް ލިބުނުއިރު، އަލްބޭނިއާ ރެކޯޑު ހަދައިފިއެވެ.

ރޭ ޔޫރޯ ގްރޫޕް ބީގެ ދެވަނަ މެޗުގައި އިޓަލީ އަލްބޭނިއާ ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ އަލްބޭނިއާއިންނެވެ. ޔޫރޯގެ ތާރީހުގައި އެންމެ އަވަހަށް މެޗެއްގައި ގޯލު ޖެހުމުގެ ރެކޯޑާއެކު މެޗުގެ 22 ވަނަ ސިކުންތުގައި އެ ގޯލު ޖެހީ ނަދީމް ބައިރާމީއެވެ. އެ ގޯލަކީ އިޓަލީގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާނަގައިގެެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

Advertisement
Ooredoo — Truecaller (box)

ނަމަވެސް އެ ގޯލާއެކު އަލްބޭނިއާ ހަމަޖެހިލުމުގެ ކުރިން އިޓަލީން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.  އެ ޓީމުގެ ޕެލެގްރީނީ އަލްބޭނިއާގެ އޭރިއާތެރެއަށް ނަގައިދިން ހުރަސް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލީ އަލެސަންދްރޯ ބަސްޓޯނީއެވެ.

އޭގެ ފަސް މިނެޓުފަހުން އިޓަލީން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ނަގައި އިތުބާރު ހޯދައިފައެވެ. އަލްބޭނިއާ އޭރިއާ ބޭރުން ނިކޯޯލޯ ބަރޭލާ  ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އެ މޮޅާއެކު އިޓަލީ އޮތީ ގްރޫޕް ބީގެ ދެވަނައިގައި ތިން ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި އަލްބޭނިއާ ތިންވަނައިގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ރޭ އެ ގްރޫޕްގެ ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން  ކްރޮއޭޝިއާ ބަލިކޮށް އެގްރޫޕްގެ އެއްވަނައިގައި އޮތީ ސްޕެއިންއެވެ. ގްރޫޕް ފުލުގައި އޮތީ އެ މެޗުން ބަލިވި ކްރޮއޭޝިއާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް