Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ކުޅިވަރު

ފެވަރިޓް އިންގްލެންޑް ސާބިއާ އަތުން މޮޅުވީ ހަމަކިރިޔާ

ފެވަރިޓް އިންގްލެންޑް ސާބިއާ އަތުން މޮޅުވީ ހަމަކިރިޔާ

ޔޫރޯ 2024 ގެ ފެވަރިޓުންކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އިންގްލެންޑުން ހަނި ތަފާތަކުން ސާބިއާ ބަލިކޮށްފިއެވެ.

ރޭ ގްރޫޕް ސީގައި ކުޅުނު އެ މެޗު އިންގްލެންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ބަކަޔޯ ސަކާ ނެގި ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޫޑް ބެލިންހަމް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މެޗުގެ 21 ވަނަ މިނެޓުގައި ސާބިއާއަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން؛ އިންގްލެންޑް އޭރިއާ ތެރެއްށް ވަދެ އެލެކްސެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި އިންގްލެންޑަށް ވަނީ މެޗުގެ ލީޑު ފުޅާކުރުމަށް ފުރުސަތެއް ލިބިފައެވެ. ސާބިއާ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ހެރީ ކޭން  ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

އެ މެޗުން މޮޅުވެ އިންގްލެންޑުން ވަނީ ގްރޫޕް ސީގެ އެއްވަނައަށް ޖެހިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް