ޚަބަރު ރައްޔިތުންގެ މަޖިލިސް

މަސްވެެރިން ބޭނުންވަނީ ބޮޑު އަގެއް ނޫން, ވަގުތަށް ފައިސާ ލިބެން: ސަލީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސްވެރިން ބޭނުންވަނީ މަހުގެ އަގު ބޮޑުކުރަން ނޫން ކަމަށާއި, އެ މީހުންގެ މަސައްކަތުގެ އަގު ވަގުތުން ލިބެން ކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

Ads by MWSC

ސަލީމް މިހެން ވިދާޅުވީ މިއަދު އޮތް މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައެވެ. މާލިއްޔަތު ކޮމިޓީއަށް މިއަދު ބަހުސްކޮށްފައިވަނީ, މަހުގެ އަގަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެންނެވެ.

ސަރުކާރުން ވަނީ ވަކި އަގެއްގައި މަސް ގަތުން ނިމުކަށް ގެނެސް, މަސްވެރިންގެ އަތުން ގަންނަ މަސް ދުނިޔޭގެ ބާޒާރުގެ އަގަށް ދޫކޮށްލަން ނިންމާފަ އެވެ.

މިދިޔަ ސަރުކާރުން ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް, މަހުގެ އަގު ވަނީ ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން ބޮޑުކޮށްފަ އެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން ސަލީމް ވިދާޅުވީ, ކުރީ ސަރުކާރުން ކަންކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަަމަށެވެ.

"މިދިޔަ ސަރުކާރު 25 ރުފިޔާއަށް މަސް ކިލޯއެއް ހެދީ ސިޔާސީ ބޭނުމެއްގައި, އެއްވެސް ހާލެއްގައި ފައިސާ ދިނުމުގެ ބޭނުމުގައެއް ނޫން. އޭރު މަސްވެރިން ވެސް ބުނަމުން ދިޔަ ތިމަންނަ މެންނަށް އިނގެޔޭ ތިމަންނަ މެންނަށް އިނގެޔޭ ސިޔާސީ ގޮތުން ކުރި ކަމެއްކަން" ސަލީމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވޯޓު ހޯދުމުގެ ބޭނުމުގައި, މަސްވެރިކަމުގެ ސިނާއަތް ފުނޑާލި ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މަސްވެރިންނަށް ޙައްޤު މިންވަރު ހޯދައިދޭނެ ކަމަށާއި އެގޮތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ފްލޯޓިން ރޭޓެއްގައި މަސް ގަތުމަކީ މަސްވެރިންނަށް ފައިދާ ވާނެ ގޮތް ކަަމަށް ވިދާޅުވެ, ސަލީމް ވަނީ, މަސްވެރިން ބޭނުންވަނީ ވަގުތުން ކިރާ މަހުގެ ފައިސާ ލިބެން ކަމަށާއި އެކަން މި ސަރުކާރުން ކޮށްދޭނެ ކަން ފާހަގަކުރައްވައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!