ޚަބަރު ރައްޔިތުންގެ މަޖިލިސް

ތަހުގީގުތަކަށް ބަޔާންދޭން ކުންފުނިތަކުގެ މުވައްޒަފުން ފަސްޖެހޭ: އޭސީސީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އޭސީސީގެ ރައީސް އާދަމް ޝާމިލް (ފޮޓޯ/އޭސީސީ)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކަށް ބަޔާންދިނުމަށް، އެ މައްސަލައެއް ބަލަމުންދާ އޮފީހެއްގެ މުވައްޒަފުން ފަސްޖެހޭ ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

Ads by MWSC

އޭނާ މިގޮތަށް ވިދާޅުވީ، މިއަދު ބޭއްވި މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ކޮމިޝަނުގެ މެމްބަރުންނާ އެކު ވަޑައިގެން ދެއްކެވި ވާހަކައެއްގަ އެވެ.

ޝާމިލް ވިދާޅުވި ގޮތުގައި ޖިނާއީ ކުށެއް ކުރިން ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރުމަށްޓަައި އެ ކުށެއް ކުރިއިރު އެކަން އެނގޭ މީހުންގެ ބަޔާން ބޭނުންވާނެ ކަމަށެވެ. އެކަމަކު، ކުންފުނިތަކުގެ ވެރިންނާ ދެކޮޅަށް ބަޔާންދިނުމަށް މުވައްޒަފުން ފަސްޖެހޭ ކަމަށެވެ.

"މިސާލަކަށް ވަކި ވަގުތެއްގައި މެނޭޖްމެންޓެއް އޮންނަ އިރުގައި އެވަގުތު އެ ކުންްފުންޏެއްގައި ތިއްބަވާ މުވައްޒަފުން ވަރަށް ވަރަށް ރިލަކްޓެންޓް ބަޔާން ދިނުމަށް. އެއީ ވެދާނެ ސަބަބުތަކެއް އޭގެ ފަހަތުގައި ހުރެދާނެ." ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުލޫމާތު ދޭ ފަރާތް ހާމަވުމަކީ އެ މުވައްޒަފުންގެ ކަންބޮޑުވުމަކަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް ކުށެއް ހިންގިއިރު ހުންނެވި ވެރިއެއް މަގާމުން ދުރުވުމުން އެ މީހާއާ ދެކޮޅަށް މުވައްޒަފުން ފަސޭހައިން ބަޔާން ދޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް މިހާރު ފާހަގަ އެބަކުރެވޭ މިސާލަކަށް ވަކި މުއްދަކަށް ފަހުގައި އެ ހުންނަވާ އެމްޑީއެއް އެމަގާމުން ދުރަށް ވަޑައިގެންނެވީމަ ދެން، އެ މުވައްޒަފުން ވަރަށް ބޮޑަށް އެބަ ހުޅުވޭ. އެހެންމަ އަބަދުވެސް އެބައާދޭ ވަކި މުއްދަތަކަށް ފަހު އަޅުގަނޑުމެންނަށް ކަންކަން ބަލަން ފަސޭހަވެގެންދާ ވަގުތެއް." އޭނާ ވިދާޅުވިި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!