އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިހުގެ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުން ހުސްވެފައިވާ 21 ދާއިރާއަކަށް މެންބަރުން ހޮވަން ބާއްވާ މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރުފަހު 02:30 ގަ އެވެ. ވޯޓުލުން މިރޭ 09:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އިންތިހާބުގައި 10،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
ބައި-އިލެކްޝަނުގެ ވޯޓުލުން އަތޮޅުތެރޭގެ 24 ރަށެއްގައި ކުރިއަށް ދާނެ އެވެ. ރަށްތަކުގެ ދާއިރާ ފޮށިތަކާއި މާލެ ދާއިރާތަކުގެ ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލެވެ.
ވޯޓުލުން ކުރިއަށްދާ ދާއިރާތައް:
- އިހަވަންދޫ ދާއިރާ
- ދިއްދޫ ދާއިރާ
- ކެލާ ދާއިރާ
- ތުޅާދޫ ދާއިރާ
- ހުރާ ދާއިރާ
- ދަނގެތި ދާއިރާ
- ތިނަދޫ އުތުރު ދާއިރާ
- ތިނަދޫ ދެކުނު ދާއިރާ
- ފަރެސްމާތޮޑާ ދާއިރާ
- މެދުހެންވޭރު ދާއިރާ
- ހެންވޭރު އުތުރު ދާއިރާ
- ހެންވޭރު ހުޅަނގު ދާއިރާ
- ގަލޮޅު އުތުރު ދާއިރާ
- ގަލޮޅު ދެކުނު ދާއިރާ
- މައްޗަންގޮޅި މެދު ދާއިރާ
- މައްޗަންގޮޅި އުތުރު ދާއިރާ
- މައްޗަންގޮޅި ދެކުނު ދާއިރާ
- މާފަންނު މެދު ދާއިރާ
- މާފަންނު އުތުރު ދާއިރާ
- މާފަންނު ދެކުނު ދާއިރާ
- މާފަންނު ހުޅަނގު ދާއިރާ
އެމްޑީޕީން ބުނީ އެ ދެ ސްކޫލަށް ވޯޓުލުން ބަދަލުކޮށްފައި ވަނީ މާލޭގައި ފޮށި ބަހައްޓަން ނިންމި އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލް، މިއަދު ބާއްވަން ހަމަޖެހިފައިވާ ޕެރޭޑަށް ނަގާފައިވާތީ ކަމަށެވެ.