މުނިފޫހިފިލުވުން

ކޯވިޑް 19: ކާތިކް އަދި ކެޓްރީނާ އަމިއްލައަށް އެކަހެރިވުމަށްފަހު ތެލި ދޮވުމުގައި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނުރައްކާތެރި ވައިރަސް ކަމަށްވާ ކޯވިޑް 19 މިހާރު ދަނީ ވަރަށް ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންނެވެ. އިންޑިއާއިން ވެސް ފެންނަ ކޯވިޑް 19ގެ ޕޮޒިޓިވް ކޭސްތަކެއް އިތުރުވަމުން ދާތީ ރައްކާތެރިވުމުގެ ގޮތުން އެގައުމުން ދަނީ އާންމުން އަމިއްލައަށް ގޭގައި ބަންދުވުމަށް އިލްތިމާސް ކުރަމުންނެވެ.

Ads by STELCO

ބޮލީވުޑްގެ މަގްބޫލު ތަރިން ދަނީ ގޭގައި އަމިއްލައަށް އެކަހެރިވެގެން ތިބޭ ދުވަސްތަކުގައި ފޫހިފިލުވުމަށްޓަކައި ތަފާތު އެކި ކަންކަން ކުރަމުންނެވެ. އެހެންނަމަވެސް ބެލުންތެރިންގެ ލޯތްބާއި ބޮޑު ސަޕޯޓެއް ހޯދާފައިވާ ދެތަރިން ކަމަށްވާ ކާތިކް އާރްޔަން އަދި މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް މިވަނީ މުޅިން ތަފާތު ކަމެއް ކޮށްފައެވެ. މިދެތަރިން ގޭގައި ކުރާނެ ކަމެއް ނެތުމުން ބަދިގޭގައި ހުރި ތެލިތައް ދޮވެލީއެވެ.

ކާތިކް ގޭތެރޭގެ ބައެއް މަސައްކަތްތަކާއި ތެލި ދޮންނަ ވީޑިއޯ މީސްމީޑިއާގައި ފޭނުންނަށް ހިއްސާ ކުރަމުން ބުނެފައި އޮތީ " ކަހާނީ ގަރްގަރް ކީ" މިހެންނެވެ. ކާތިކްގެ އިތުރުން ކެޓްރީނާ ވެސް މިވަނީ އޭނާ ގެންގުޅޭ ނޯކަރަށް މަސައްކަތަށް ނާދެވުމުން ގޭތެރެ ސާފުކޮށް ތެލިތަށި ދޮވެފައެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އެއް ދުވަހަށް މުޅި އިންޑިއާ ބަންދުކޮށް އާއްމުން ގެއިން ނިިކުތުން ވެސް މަނާ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!