އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ މަސް ރޭސް މިއަދު ތިނަދޫ ސިޓީގައި، 8 ޓީމަކުން ވާދަކުރާނެ!

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އުރީދޫ މަސް ރޭހުގެ ތެރެއިން: މިއަދު ތިނަދޫގައި ރޭސް އޮންނައިރު ހިންމަފުއްޓާއި ނައިފަރުގައި ވެސް ރޭސް ވަނީ ބާއްވާފައި / ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސް ރޭހުގެ މި އަހަރުގެ ފަހު ރޭސް މިއަދު ތިނަދޫ ސިޓީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

Ads by Hajj Corporation

މެންދުރުފަހު 2:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ރޭހުގައި އެ ސަރަހައްދަށް ނިސްބަތްވާ އަށް ޓީމަކުން ވާދަކުރާނެ އެވެ.

މިއީ އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެކެވެ.

މީގެ ކުރިން މި ރޭސް ބާއްވަމުން އައީ މާލޭގައި ކަމަށް ވިނަމަވެސް މި އަހަރު މި ރޭސް ބޭއްވުމަށް ނިންމީ އަތޮޅުތެރޭގަ އެވެ. އެގޮތުން ކ. ހިންމަފުއްޓާ އަދި ޅ. ނައިފަރުގައި މި ރޭސް ވަނީ ބާއްވާފަ އެވެ. ތިނަދޫގައި އޮންނަ ރޭސް މިރޭ 9:00 ޖަހަންދެން ކުރިއަށްދާނެ އެވެ.

މި ރޭހުން އެއް ވަނައަށް ހޮވޭ ޓީމަކަށް 25،000ރ ލިބޭއިރު، ދެ ވަނައަށްދާ ޓީމަކަށް 10،000ރ ލިބޭނެ އެވެ. ތިން ވަނައަށް ހުށަހަޅާފައި ވަނީ 5،000ރ އެވެ.

ޓީމުތަކަށްދޭ އިނާމުތަކުގެ އިތުރުން އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ އަދި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1،000ރ ލިބޭނެ އެވެ.

މިއަދުގެ މުބާރާތުން ވަނަ ހޯދާ އެންމެ މޮޅު މަސްވެރިޔާއަށާ އަދި އަންހެން މަސްވެރިޔާއަށް ހާއްސަ އިތުރު އިނާމެއް ވެސް ލިބޭނެ އެވެ. އެއީ ޖެނުއިން އިލެކްޓްރޯނިކްސްއިން ހުށަހަޅާފައިވާ ވަޔަލެސް ސްޕީކަރެކެވެ.

ތިނަދޫގައި އޮންނަ އުރީދޫ މަސް ރޭހުގެ ހޯސްޓް ޕާޓްނަރަކީ ތިނަދޫ ސިޓީ ކައުންސިލެވެ. މެޑިކަލް ޕާޓްނަރަކީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. ސޭފްޓީ ޕާޓްނަރަކީ ތިނަދޫ ޕޮލިހެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!