ސަރުކާރު ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަރުކާރުގެ ޑިޕާޓްމަންޓަކަށް އަމުރު ކުރައްވާ ބީދައިން އަމުރު ކުރައްވައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އުޅުއްވާ ކަމަށް ބުނެ ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ފާޑުކިޔައިފި އެވެ.
ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބަދަލުތަކެއް ގެނައިކަން ބީއެމްއެލުން އިއްޔެ އިއުލާން ކުރި އެވެ. ފާޑުކިޔުންތައް އަމާޒުވެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ އިރުޝާދާ އެއްގޮތަށް ބީއެމްއެލުން ވަނީ ކުރިން އޮތް ގޮތަށް ލިމިޓް ލިބޭ ގޮތަށް ނިންމާފަ އެވެ.
ބޭންކުގެ އެ ނިންމުމާއި އަދި ރާއްޖޭގެ މިހާރުގެ މާލީ ހާލަތާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ވިސްނުން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދާ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް (އިއްލި) ވިދާޅުވީ މިދިޔަ އެޕްރީލް މަހުން ފެށިގެން ބީއެމްއެލުން ސަރުކާރާއި އެމްއެމްއޭ އަށް އެކިފަހަރު މަތިން ޑޮލަރު އާމްދަނީ ނުލިބޭކަން ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. "ބޭންކަށް ޑޮލަރު ލިބިގެންނޭ، ބޭންކަށް ދެވޭނީ. މިއަށް ހައްލެއް ހޯދަން ހިނގާށޭ،" އިއްލި ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެކަމަށް ސަރުކާރުންނާއި އެމްއެމްއޭއިން އަޅައި ނުލި ކަމަށާއި އަދި ޑެބިޓް ކާޑުތަކުން ފޮރިން ޓްރާންސެކްޝަންގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމީ ބޭންކަށް "ނުވާ" ހިސާބަށް ދިއުމުން ކަމަށެވެ.
އަލުން ލިމިޓް ލިބޭގޮތަށް ބޭންކުން ނިންމީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި ވަޒީރުން ވިިދާޅުވި ވިދާޅުވުމަށް އިއްލި ފާޑުވިދާޅުވި އެވެ.
"ސަރުކާރުން ނިކުމެ އަނެއްކާ މި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން، އަލުން އަނބުރާ ކުރީ އޮތް ގޮތަށް އިއާދަކޮށްފީމޭ. މިއީ ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުމެންނަށް މި ފެންނަނީ މިނިވަން މުސްތަގިއްލު ބޭންކެއް، ސަރުކާރު ހިއްސާ އޮތް ބޭންކަކަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓްމަންޓެއްހެން އަމުރު ކުރައްވައިގެން ބޭންކް ހިންގަން އުޅޭ ތަން،" އިއްލި ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ރާއްޖޭން ބޭރުން ބޭންކާ މުއާމަލާތް ކުރާ ފަރާތްތަކާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ އިތުބާރު ގެއްލިގެން ދިޔަ ކަމަށެވެ. ރާއްޖޭގެ ފައިނޭންޝަލް ސެކްޓާއަށް އޮތް އިތުބާރު ގެއްލިގެން ދިޔަ ކަމަށެވެ.
"ބޭންކިން ގާނޫނާއި ކުންފުނިތަކާ ބެހޭ ގާނޫނާއި ކޯޕަރޭޓް ގަވަނެންސް ކޯޑް، އެކީ ފުނޑާލިތަން އިއްޔެގައި ލައިވް ޓީވީގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އިއްލި ފާހަގަކުރެއްވި ގޮތުގައި މިކަމުގެ އަސަރުތައް ކުރިއަށް އޮތް އެތައް ދުވަަހަކަށް ދެމިގެންދާނެ ކަމުގަ އެވެ.
އިލްޔާސު ލަބީބުގެ ލަދުހަޔާއްކުޑަކަމޭހިތައްއަރާ މިއެމޑާޕީޔަކާ މިލާދީނީޔަކާ މިގައުމާ ބެންކާ އެމްއެމް އޭފަދަތަންތަނާ ނުވިތާކައް ދީނާ ގައުމު ފަނާކުރީ މިއިލްޔާހަކާ މިގަންޖަޔަކާ މިކިނބުލަކާ ގުޅިގެންނޫންތަ އަދިވެސް ހުރެ ކީކޭމިކިޔަނީ ލަދުހަޔާއް ކުޑަ
އަހުމަދު އަބްދުއްރަހު