މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާއި މިފަހުން ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ހެލްތު ޗެކަޕެއް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ރޭ ފުރާވަޑައިގެންފި އެވެ.
ދަތުރަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ސިއްހީ ހާލަތާ ގުޅުވާ ދައްކަމުން އަންނަ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
އެގޮތުން ސޯޝަލް މީޑިއާގައި މީގެ ދެތިން ރެއެއް ކުރިން ރައީސް އާރަށުގެ ފާހާނަ ތެރެއަށް ވެއްޓިވަޑައިގެން ބޮލަށް އަނިޔާވެ، އައިޖީއެމްއެޗަށް ގެންދިޔަ ކަމުގެ ވާހަކަތައް ފެތުރުނެވެ. ދެން ދެކެވުނީ ހޯމަ ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ނިމުނުތަނާ މައިގްރޭންގެ ތަދެއް އަރައިގެން ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް ހަފުތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ... ވީ ގޮތަކުން ކުޑަ އިންޖަރީއެއް ވީ،" ރައީސް ވިދާޅުވި އެވެ.
ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާ އާ ގުޅިގެން މާލޭގައި ތިއްބެވި ޑޮކްޓަރުންނަށް ދެއްކެވުމަށްފަހު "ސެކަންޑް އޮޕީނިއަން" ހޯއްދެވުމަށް ކަމަށެވެ. އޭގެ އިތުރުން މީގެ ދެތިން އަހަރު ދުވަސް ކުރިން ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕަކަށެވެ.
ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ރައީސާއި އެމަނިކުފާނު އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ހެލްތުޗެކަޕް ރާއްޖެއިންވެސް ހެދެއެއްނުދެން ކީއްުކުރަންރާއްޖޭން ބޭރަށްފޮނުވަނީ