Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ބިދޭސީން ދިން އެއްޗެއް ކާންޖެހޭ ހިސާބަށް ހާލަތު ގޮސްފި: ސާޖިދާ

ބިދޭސީން ދިން އެއްޗެއް ކާންޖެހޭ ހިސާބަށް ހާލަތު ގޮސްފި: ސާޖިދާ
ބިދޭސީން ކާން ދިން ކޮންމެ އެއްޗެއް ދިވެހިން ކައިގެން ތިބެން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ކުރީގެ ސީނިއާ ސައިންޓިފިކް އޮފިސަރު އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މާފުށީ ޖަލުގައި ގާއިމްކުރި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ މުޖުތަމައުގައި ހުރި ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

ސާޖިދާ ވިދާޅުވީ ސަގާފަތާއި ތަރިކައިގެ އަސްލު މާނަ ދޭހަވުމުން މިހާރުގެ މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކުގެ ހުރިހާ މައްސަލަތަކަށް ހައްލު ލިބެން އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ގައުމިއްޔަތު އިއާދަ ކުރެވިގެންވެސް ދާނެ ކަމަށެވެ. "މިއަދު ދިވެހި މުޖުތަމައު ކަންބޮޑުވަނީ ފިކުރެއް ހިޔާލެއް ނެތް ޖީލުތަކެއް އުފެދިފައިވާތީ. މިއަދު ދިވެހި މުޖުތަމައު ކަންބޮޑުވަނީ އުފެއްދުންތެރި މަސައްކަތްތެރި ސިކުނޑިތަކެއް އަތްތަކެއް ނެތީތީ." ފަސްޓް ލޭޑީ ވިދާޅުވި އެވެ. މުޖުތަމައުގެ ޝަކުވާއަކަށް ވެފައިވަނީ ގަޑިއަށް ފަރުވާތެރި މަސައްކަތުގައި ދެމި ތިބޭ ޒިންމާދާރު ދިވެހިން ފެންނަން ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއަށް ފަހުން ސާޖިދާ ވަނީ ސީދާ ނަން ނުގެންނަވައި ދާދި ފަހުން ފެންމަތިވި ބުޅާ މަހުން ކާތަކެތި ތައްޔާރުކުރި މައްސަލަ އަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ވިދާޅުވީ ނޫސްތަކުން ފެންނަނީ ދިވެހިން ކުރަމުން އައި ހުރިހާ މަސައްކަތެއް ބިދޭސީންގެ ބާރުގެ ދަށަށް ގެންދާ މަންޒަރު ކަމަށެވެ. އަދި އޭގެ މާލީ މަންފާއެއް ބޭރުގެ މީހުންގެ އަތްމައްޗަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅުވައި މާ ގިނަ ވާހަކައެއް ނުދައްކަވަ އެވެ.
"އެމީހުން (ބިދޭސީން) ކާންދިން އެއްޗެއް ކާން ޖެހޭ ހިސާބަށް ހާލަތު ގޮސްފައި ވުމުން ފަވާލެވޭ ހިތާމަވެރި ސުރުހީތައް"
ސާޖިދާ ވިދާޅުވީ ދިވެހީން އިހުގެ ސަގާފަތަށް އެނބުރި ބަލާލުމުން ފެންނަ ސާފު މަންޒަރަކީ އެފަދަ އިޖުތިމާއީ ބަލިމަޑުކަމެއް ނެތް ފުދުންތެރި ފަހުރުވެރި ދިވެހިރާއްޖެ އެއް ކަމަށެެވެ. ގައުމިއްޔަތު އިއާދަކުރުމުގެ އަދުގެ ފަލްސަފާ އިން ރާއްޖެއަށް ކުރާނެ ފައިދާ ތަސައްވަރު ކުރެވޭކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމުން ދިވެހި ގައުމަށް އަންނާނެ ހެޔޮ ބަދަލާމެދު ޝައްކެތް ނެތްކަމުގެ ޔަގީންކަންވެސް ސާޖިދާ ދެއްވި އެވެ. ސާޖިދާ ބާރު އެޅުއްވީ ދިވެހި ސަގާފަތޭ ދިވެހި ތަރިކައޭ ބުނުމުން އެ ބުނެވޭ ބަހުގެ ފުންކަން ރައްޔިތުންގެ ހިތައް ގެނުވުމަށެވެ. އަދި އެކަމާއި މެދު ވިސްނާ ފިކުރު ކުރުމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް