މުނިފޫހިފިލުވުން

21 ދުވަހަށް ލޮކްޑައުން ކުރުމުން ވާގޮތެއް ދެން ބަލަމާ: ރިޝީ ކަޕޫރު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޯވިޑް 19 އިންޑިއާގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 21 ދުވަހަށް މުޅި ގައުމު ވަނީ ލޮކްޑައުން ކޮށްފައެވެ. އެކަމާއި ގުޅިގެން ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ،ރިޝީ ކަޕޫރު ބުނީ ލޮކްޑައުންއާއެކު ދެންވާ ގޮތެއް ވެސް ބެލުމަށް އެދޭ ކަމަށެވެ.

Ads by STELCO

ރިޝީ ކުރި ޓްވީޓެއްގައި ބުނީ، އެންމެންގެ ހައްގުގައި މިވަގުތު ލޮކްޑައުން އަކަށް ދިޔުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. އަދި އިތުރު އެއްވެސް ކަމަކާއި ހާސްވާނެ ކަމެއް ނެތް ކަަމަށާއި، އެންމެ އެކީ އެކުވެރިކަމާއި އެކު މަޖާކުރުމުން މިދުވަސްތައް ވެސް ވޭތުވެ ދާނެ ކަމަށް ރިޝީ ބުނެފައި ވެއެވެ.

ހަމައެހެންމެ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކުރާ މަސައްކަތް ފާހަގަކޮށް އެމީހުން ބޮޑުވަޒީރު މޯޑީއާއި އެކީ ތިބިކަމަށް ވެސް ރިޝީ ބުނެފައިވެއެވެ.

ރިޝީ ކަޕޫރުގެ އިތުރުން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވަނީ އެމީހުންގެ ސަޕޯޓަރުންނަށް ސަރުކާރުން އަންގާ އެންގުންތަކަށް ތަބާވުމަށް އިލްތިމާސް ކޮށްފައެވެ. ގިނަ ތަރިން ވަނީ ލޮކްޑައުންގައި ކުރާނެ ކަންތައްތައް ވެސް ސަޕޯޓަރުންނާއި ހިއްސާ ކޮށްފައެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ ކަނީކާ ކަޕޫރު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާ ވެފައިވަނީ އެބަލި ޖެހުނު އިންޑިއާގެ ފުރަތަމަ ބޮލީވުޑް ތަރިއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!