ޚަބަރު

ހުޅުމާލޭގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކޮށްގެން 100،000 ރުފިޔާ ލިބޭ މުބާރާތެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ މުބާރާތެއްގައި ހުޅުުވާލައިފި އެވެ.

Ads by Sosun Fihaara

އެޗްޑީސީން ބުނީ ހުޅުމާލޭގައި ރައުންޑްއެބައުޓްސްތައް އިތުރުވަމުންދާ އިރު ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ ފަދަ މޮނިއުމަންޓްތައް ބަހައްޓަން ބޭނުންވާ ކަމަށެވެ.

އެހެންވެ ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭން މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ ފުރުސަތު އާޓިސްޓުންނާއި އާކިޓެކްޓުންނާއި ޑިޒައިނަރުންނަށް މިހާރު ހުޅުވާލައިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އަދ އެންމެ ރީތި މޮނިއުމަންޓްއެއް ޑިޒައިންކޮށްދޭ ފަރާތަކަށް 100،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ޑިޒައިންތައް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހާ ހަަމަ އަށެވެ.

އެޗްޑީސީން ޕްލޭންކޮށްފައި ވަނީ 11 ރައުންޑް އެބައުޓްސްގައި މޮނިއުމަންޓް ބަހައްޓާށެވެ. އެެއީ ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ހަތަރު ރައުންޑްއެބައުޓްސްގައާއި ފޭސް ދޭއްގައި ހުންނަ 8 ތަނުގަ އެވެ.