މުނިފޫހިފިލުވުން

ގެޔަށް ވަންނަންދެން ލޮކްޑައުން މަތިން ހަނދާން ކޮށްދޭނަން: ކާތިކް

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާ ވަނީ 21 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުން އިއުލާން ކުރި ނަމަވެސް އަދިވެސް އާއްމުން ބޭރަށްނިކުންނާތީ އެމީހުން ގެޔަށް ވަންނަންދެން ލޮކްޑައުން މަތިން ހަނދާން ކޮށްދޭނެ ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކާތިކް އާރުޔަން ބުނެފިއެވެ.

Ads by STELCO

ކާތިކް މިހެން ބުނެފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކުރި ރެޕް ވީޑިއޯއެއްގައެވެ. މި ވީޑިއޯގައި އޭނާ ވަނީ ބޭރަށް ނުދިއުމަށާއި މީހުންނާ ބައްދަލު ނުކުރުމަށާއި މޫނުގައި އަތްނުލުމަށާއި އަދި މާސްކު ބޭނުން ކުރުން ފަދަ ގިނަ މެސެޖުތަކެއް ވެސް ދީފައެވެ.

މީގެ ކުރިން ހިއްސާ ކުރި ވީޑިއޯގައި ކާތިކް ވަނީ ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތު އޭނާގެ ސަޕޯޓަރުންނާއި ހިއްސާ ކޮށްފައެވެ. ހަމައެހެންމެ ގޭގެ ތެލި ތަށި ދޮންނަ ވީޑިއޯއެއް ވެސް ދެދުވަސް ކުރިން އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

ބޮލީވުަޑްގައި ބޮޑު ތަރުހީބެއް ހޯދާފައިވާ ކާތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސާރާ އަލީ ހާން އާއި އެކު ލަވް އާޖްކަލް 2 އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެން ދާނީ މިއަހަރުގެ ޖުލައި މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު ބޫލްބުލައްޔާ 2 އިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!