އެޑްވަޓޯރިއަލް ވިޔަފާރި

ޗުއްޓީ ސީޒަނަށް ގެސްޓްހައުސްތައް ތައްޔާރު?

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ގަބޫލުކުރަންޖެހޭ ހަގީގަތެއް ވެއެވެ. ޗުއްޓީ ހޭދަކޮށްލުމަށް ދިވެހީން އެންމެ ޝައުގުވެރިވަނީ ރަށަކަށް ގެސްޓް ހައުސަކަށް ޖައްސާލުމެވެ. މުޅި އާއިލާ އެކުގައި ގޮސް ހަފްތާ ބަންދު ހޭދަކޮށްލައި އުފާވެރި މަޖާ މާހައުލެއްގައި އުޅެލުމެވެ. މަޑުމަތިރި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. ނުވަތަ އާއިލާއާއި ރަހުމަތްތެރީންނާއެކު މޫދު ކުޅިވަރާއި އެހެނިހެން ޝައުގުވެރި ހަރަކާތްތަކުގައި ޝާމިލުވެލައި ހިތްހަމަޖައްސާލުމެވެ.

Ads by STELCO

ރަށްރަށުގައި ހުންނަ ގެސްޓްހައުސް ޕްރޮޕަޓީތަކަކީ ދިވެހީންގެ އިތުރުން ބޭރުން އަންނަ ފަތުރުވެރީންގެ މެދުގައި ވެސް މަގުބޫލު ޗުއްޓީ މަންޒިލްތަކެކެވެ. މިހާ ބޮޑު ޑިމާންޑެއް އޮންނައިރު ދިމާވެދާނެ ކޮންމެ ފަދަ ހާލަތަކަށް ވެސް ކުރިއާލައި ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. ވިޔަފާރިއަށް ބުރޫ ނާރައި ކުރިއަށް ދެވޭނެ އިންތިޒާމުތަކެއް ހޯދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.

އެފަދަ އެންމެ ރަނގަޅު އިންތިޒާމުތަކަކީ އެލައިޑް އިންޝުއަރަންސްގެ ގެސްޓްހައުސް އިންޝުއަރަންސް ޕްލޭންތަކެވެ. ތަފާތު 3 ގިންތިއަކުން ލިބެން ހުންނަ މި ޕްލޭނަކީ ދިމާވެދާނެ ގުދުރަތީ ކާރިސާއެއް ނުވަތަ އެހެނިހެން ކަހަލަ ގެއްލުމަކުން ވެސް ކުރިމަތިވެދާނެ މާލީ އަޑިގަނޑަކުން އަރައިގަނެވޭނެ އެންމެ އެކަށޭނަ ސޮލިއުޝަނެވެ. ޕްރޮޕަޓީއަށް ގެއްލުމެއް ދިމާވެދާނެ ތަފާތު ގޮތްގޮތް ވެއެވެ. އެލައިޑްގެ މި ޕްލޭނުގެ ގިންތިތަކަކީ އެ ތަފާތު ރިސްކްތަކަށް ބަލައި, ޕްރޮޕަޓީއަށް އެންމެ އެކަށޭނަ ކަވަރޭޖެއް ނެގޭނެ އިންތިޒާމެކެވެ.

ގެސްޓްހައުސް ބަޖެޓް:

މި ގިންތީގައި ލިބޭ މައިގަނޑު ކަވަރޭޖަކީ އަލިފާނުގެ ހާދިސާތަކާއި އަދި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ ބަދަލެވެ. މި ގިންތީގެ ޕްލޭނަށް "ތާޑް ޕާޓީ ލަޔަބިލިޓީ" ކަވަރޭޖު ވެސް އިތުރުކުރެވޭނެ އެވެ. 

ބަޖެޓް+

ދެވަނަ ގިންތި "ބަޖެޓް+" ޕްލޭނުގައި, ފުރަތަމަ ގިންތީގައި ހިމެނޭ ހުރިހާ ކަވަރޭޖެއް ލިބޭނެ އެވެ. އަދި ގަދަކަމުން ޕްރޮޕަޓީއަށް ވަދެ ވައްކަން ކުރުމުގެ ހާދިސާއެއް ހިނގައިފި ނަމަ އެ ގެއްލުމުގެ ބަދަލު ލިބޭ "ތެފްޓް އެންޑް ބާގްލަރީ" ކަވަރޭޖެއް އެކްސްޓެންޝަނެއްގެ ގޮތުގައި އިތުރުކޮށްލެވޭނެ އެވެ.

ގެސްޓްހައުސް ޕްރީމިއަމް:

ތިންވަނަ ގިންތި, "ގެސްޓްހައުސް ޕްރީމިއަމް"ގައި ފުރަތަމަ ދެ ގިންތީގެ ހުރިހާ ކަވަރޭޖެއްގެ އިތުރުން އެހެނިހެން މުހިންމު ކަވަރޭޖުތަކެއްގެ ފައިދާ ލިބޭނެ އެވެ. އެގޮތުން އެއްޗެއް ގޮވުން, ފެންހޮޅިއެއް ފަޅައިގެން ގޮސް ކުރިމަތިވާ ގެއްލުން, ހިނގާ ހާދިސާއަކުން ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުން ފަދަ ކަންކަމަށް ބަދަލު ދޭ ކަވަރޭޖުތައް ހިމެނޭނެ އެވެ. މީގެ އިތުރުން އެންމެ ޚާއްސަ ކަމަކީ ހާދިސާއެއް ދިމާވެގެން ގެސްޓްހައުސަށް ކުރިމަތިވެދާނެ ވިޔަފާރީގެ ގެއްލުމަށް ބަދަލު ލިބޭ "ކޮންސިކުއެންޝަލް ލޮސް" ކަވަރޭޖު މި ޕްލޭނުގައި ހިމެނުމެވެ. އެދިލައްވާނަމަ, މޫދުކުޅިވަރުގެ ހަރަކާތްތައް ހިންގާ އިރު ދިމާވެދާނެ ހާދިސާއަކަށް މާލީ ބަދަލު ލިބޭ ކަވަރޭޖެއް ވެސް އިތުރުކޮށްލެވޭނެ އެވެ. 

މިއިން ކޮންމެ ޕްލޭނަކާއެކު "އެޑް-އޮން"ގެ ގޮތުގައި ނެންގެވޭނެ މުހިންމު ދެ ކަވަރޭޖެއް ވެއެވެ. އެއީ މުވައްޒަފުންގެ ޖިސްމާނީ ސިއްހަތުގެ ރައްކާތެރިކަމަށް "ގްރޫޕް ޕާސަނަލް އެކްސިޑެންޓް", އަދި ގެސްޓްހައުސްގެ ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކުރުމަށް "މެރީން ހަލް" ޕްލޭނެވެ.

އެލައިޑްގެ ގެސްޓްހައުސް ޕްލޭންތަކަކީ ހުރިހާ ގޮތަކަށް ބަލާނަމަ ވެސް އެންމެ ވަށާޖެހޭ ގެސްޓްހައުސް އިންޝުއަރަންސް ޕްލޭނެކެވެ. ގެސްޓްހައުސަށް ދިމާވެދާނެ ކަމަށް ބެލެވޭ ތަފާތު ހިރާސްތަކަށް ވިސްނާފައި ހަދާފައިވާ ޕްލޭންތަކުން ޕްރޮޕަޓީ ހިންގާ ފަރާތްތަކަށް ލިބޭނީ ހިތްފަސޭހަކަމާއި ހަމަޖެހުމެވެ.

ގެސްޓްހައުސްތަކަކީ އާންމުންނަށް ޚިދުމަތެއް ދިނުމަށް ހަދާފައިވާ އަގުހުރި އިންވެސްޓްމެންޓްތަކެކެވެ. އަދި ފަތުރުވެރިކަމާ ބެހޭ ގަވައިދުތަކުގައި ވާ ގޮތުގެ މަތިން ގެސްޓްހައުސްތައް ހުންނަންވާނީ އިންޝުއާކޮށްފަ އެވެ. އެހެންކަމުން މިފަހަރު ގެސްޓްހައުސްގެ އިންޝުއަރަންސް އާކުރައްވާ އިރު އެލައިޑުގެ ގެސްޓްހައުސް ޕްލޭން އިޚުތިޔާރުކުރެއްވުން ކިހިނެއްތޯ އެވެ?

އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑްގެ ކަސްޓަމަރ ކެއާ ނަންބަރު 1600 އަށް ގުޅުއްވާށެވެ.

Ads by Allied Insurance