ޚަބަރު

ކޮވިޑް-19: މަޑަވެލިން ނެގި ހުރިހާ ރެންޑަމް ސާމްޕަލް ނައްސި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ. ހޯޑެއްދޫ ކޭސްތަކާ ގުޅިގެން، އެ އަތޮޅު މަޑަވެލީގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް މަޑަވެލިން ނެގި ހުރިހާ ރެންޑަމް ސާމްޕަލް އެއް ނައްސިވެއްޖެއެވެ. މަޑަވެއްޔާއި ހޯޑެއްދޫ އަކީ ކޯޒްވޭ އަކުން ގުޅުވާފައި އޮންނަ ދެ ރަށެވެ.

Ads by STELCO

މަޑަވެލީގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމް ކޮށް ޖުމްލަ 61 ސާމްްޕަލް ނަގާފައިވާއިރު، މި ހުރިހާ ސާމްޕަލް އެއް ވަނީ ނައްސިވެފައެވެ.

މަޑަވެލި ސިއްހީ މަރުކަޒުން ބުނީ، މި މަހުގެ 7 ވަނަ ދުވަހު އެރަށުން 46 ދިވެހިންނާއި، 15 ބިދޭސީން ކޮވިޑް-19އަށް ޓެސްޓުކޮށްފައިވާ ކަމަށާއި މިއެންމެންވެސް ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށެވެ.

ހޯޑެއްދޫ އިން މިހާތަނަށް ވަނީ 36 މީހަކު ފައްސިވެފައެވެ. އެރަށުން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. ނަމަވެސް ރަށުން އިތުރު ދެ ކޭސް ފެނުމާއި ގުޅިގެން ދެން ނެގި ޓެސްޓު ތަކުން ވަނީ އިތުރު ބަޔަކު ފައްސިވެފައެވެ.

ހޯޑެއްދޫއިން ގިނަ ބަޔަކު ފައްސިވީ ނަމަވެސް، އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިފައިވާ ކަމަށް އެޗްއީއޯސީން ނުނިންމައެވެ. އަދި އެރަށުގައި ބަލި ފެތުރެން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!