Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެފްއެސްއެމްގެ އެމްޑީ އިސްތިއުފާ ދެއްވައިފި

އެފްއެސްއެމްގެ އެމްޑީ އިސްތިއުފާ ދެއްވައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްމާއިލް ސުހައިލް އިސްތިއުފާ ދެއްވައިފި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސުހައިލް އައްޔަން ކުރައްވާފައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ސުހައިލް ވަނީ "ދެން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

Advertisement
Allied Insurance — Square (box)

އެހެންނަމަވެސް، ކަމާ ގުޅުންހުރި އިތުރު މައުލޫމާތު ލިބިފައެއް ނުވެ އެވެ.

ގާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ސުހައިލް ވަނީ ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމު މީގެކުރިން އަދާކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް