Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ބަދަލުދިން މައްސަލައިގައި ސޯލިހަށް ޖިނާއީ ތަހުގީގު ހިންގަން އަންގަން ކޮމިޓީން ފާސްކޮށްފި

ބަދަލުދިން މައްސަލައިގައި ސޯލިހަށް ޖިނާއީ ތަހުގީގު ހިންގަން އަންގަން ކޮމިޓީން ފާސްކޮށްފި

އެމްޑީޕީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ލަފާދިނުމުގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ބޭފުޅެއްގެ މައްޗަށް ޖިނާއީ ތަހުގީގެއްކޮށް, ދައުވާކުރަން ފާސްކޮށްފައިވެ އެވެ.

އެއީ ސެޓްލްމަންޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމެވެ.

Advertisement
Allied Insurance — Square (box)

ދައުލަތުގެ އިސް މަގާމުތަކުގައި ތިބެ ބައެއް ފަރާތްތަކުން ގާނޫނާ ހިލާފަށް ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ނިންމުމުގައި ބުނެފައިވެ އެވެ.

ބަދަލު ދިނުމުގެ އެއްބަސްވުންތަކާ ގުޅޭގޮތުން ކޮމިޓީން ވަނީ 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ވެފައިވާ އެއްބަސްވުންތަކަކީ ބާތިލު އެއްބަސްވުންތަކެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ބަދަލުގެ ގޮތުގައި ދީފައިވާ ތަކެތި އަނބުރާ ދައުލަތަށް ނެގުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް އެންގުމަށް ވެސް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް