Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ހައުސިން މިނިސްޓްރީގެ ހިދުމަތް އާދިއްތަ ދުވަހު ފަށަން ތައްޔާރުވަނީ

ހައުސިން މިނިސްޓްރީގެ ހިދުމަތް އާދިއްތަ ދުވަހު ފަށަން ތައްޔާރުވަނީ
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން ބޮޑު ގެއްލުމެއް ލިބުނު މ. ގްރީން ބިލްޑިންގައި ހިންގަމުން އައި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ އިމާރާތަށް ލިބުނު ބޮޑު ގެއްލުމާ އެކު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން ވަނީ މެދުކެނޑިފަ އެވެ. ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ހުސައިން ޝާމް "ދެން" އަށް މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމުގެ މަތިން މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތައް އަލުން ފެށުމަށް އިއްޔެގެ ހަވީރުން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހިދުމަތް އަލުން ފެށުމަށް ދަރުބާރުގޭގައި ވަމުން އަންނަ ތައްޔާރީތައް މިރޭ 10:00 ހާއިރަށް ނިމޭނެ. މިނިސްޓްރީގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ،" ޝާމް ވިދާޅުވި އެވެ.
އެ މަސައްކަތުގައި މިނިސްޓްރީއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ އިމާރާތް ބޭނުން ނުކުރެވޭވަރު ވެފައިވާއިރު، ގެއްލުން ލިބުނު ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތްތައް ވެސް ދަރުބާރުގެއަށް ބަދަލުކުުރުމުގެ މަސައްކަތް ކުރަމުންދަނީ ކުރަމުންނެވެ. މިނިސްޓްރީތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރާތީ، ދަރުބާރުގޭގައި ބާއްވަން ތާވަލުކުރި މަސްވެރިންގެ ދުވަހުގެ ޖަލްސާ އާއި ރެހެންދި އެވޯޑު ހަފުލާ ވަނީ ފަސްކޮށްފަ އެވެ. އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، އެ ސަރަހައްދުގައި ހުރި 3 އިމާރާތަކުން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސްއިން އަދިވެސް ދަނީ މޮނިޓަކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް