ޚަބަރު

މަރަދުއަށް އަރައި އާންމުންގެ މުދަލަށް ގެއްލުންދިން ހަތަރު މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީ މަރަދޫއަށް އަރާ އާއްމުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ވަނަދުވަހުގެރޭ ދަންވަރު މަރަދޫއަށް އަރާ އާއްމުންގެ މުދަލަށް ބަޔަކު ގެއްލުންދިން މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އައްޑޫސިޓީ ހިތަދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެެއްގައި އެ މައްސަލަ އާއި ގުޅިގެން ތުހުމަތުކުރޭ ދިވެހި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެ އެންމެންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!