ޚަބަރު

ރައީސް ނަޝީދު ކޮވިޑް-19 އަށް ނައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ނައްސިވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޓެސްޓްގެ ނަތީޖާ ލިބިފައިވާކަމަށާ އެނަތީޖާ ނައްސިވެފައިވާކަމަށެވެ.

ރައީސް ނަޝީދު ވަނީ ބަލިން ރައްކާތެރިވުމަށް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށް ބަލިން ރައްކާތެރިވުމަކީ މިވަގުތު މުޅި ރާއްޖެއާއި ދުނިޔެއިންވެސް ކުރަމުންދާ މަސައްކަތްކަމަށެވެ. އެހެންކަމުން މިކަމުގައި ހުރިހާ ރައްޔިތުން ގުޅިގެން އެކީގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވެގެން ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. އެމަނިކުފާނުގެ ސާމްޕަލް ނަގާފައި ވަނީ މާރޗް މަހުގެ 14 އިން 19އަށް އިނގިރޭސިވިލާތުން ރާއްޖެއައި ހުރިހާ ދިވެހިންގެ ޓެސްޓްހެދުމަށް ނިންމައި އެމީހުންގެ ސާމްޕަލް ނަގުމަށް އެޗްޕީއޭއިން ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ. އެމަނިކުފާނު ދާދިފަހުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެންފައިވަނީ މި މުއްދަތުގެ ތެރޭގައެވެ.

މިމުއްދަތުގެ ތެރޭގައި އިގިރޭސިވިލާތުން ރާއްޖެއަށް އައި، 45 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާކަމަށް ސަރުކާރުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!