ޚަބަރު

މަހްލޫފް ވެސް ގުރްއާން ޗެލެންޖު ފުރިހަމަ ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މީސް މީޑިއާގައި ފެއްޓެވި ގުރްއާން ޗެލެންޖު، ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ފުރިހަމަ ކުރައްވައިފިއެވެ.

Ads by STELCO

މަހްލޫފަށް ގުރްއާން ކިޔެވުމުގެ ޗެލެންޖު ދެއްވީ ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން އެވެ. ޗެލެންޖު ފުރިހަމަކުރެއްވުމަށް ފަހު މަހްލޫފް ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖަށް މި ޗެލެންޖް ކުރައްވާފައެވެ.

މި ދުވަސްވަރު މީސްމީޑިއާގައި ތަފާތު ޗެލެންޖުތަކެއް ގިނަވެފައި ވަނިކޮށް، ޤުރުއާން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ޑރ.ޝަހީމް ފެއްޓެވި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ކުޑަކުދިންނާއި އެކި އުމުރުފުރާތަކުގެ ދިވެހީންގެ އިތުރުން ސައުދީ އަރަބިއްޔާގައި ތައުލީމް ހާސިލް ކުރާ އެކި ގައުމުތަކުގެ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެ ކީރިތި ޤުރުއާން ކިޔެވިއިރު އެންމެ ބޮޑަށް ފާހަގަވީ ޒިމްބާބުވޭގެ މުފްތީ އިސްމާއީލް މެންކް ވެސް މިޕްރޮގްރާމްގައި ބައިވެރިވެޑައިގަތުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!