ޚަބަރު

ކާފިއު ގަޑީގައި ބޭރުގައި އުޅެވޭ ހުއްދަ ވިޔަފާރިތަކަށް ދޫކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގާފައިވާ ވަގުތު ، ވިޔަފާރިކުރާ މީހުންނަަށް ބޭރުގައި އުޅެވޭ ހުއްދަ ވިޔަފާރިތަކަށް ދޫކުރަން ފަށައިފިއެވެ.

Ads by STELCO

ފުލުހުން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ކާފިއު ހިންގާ ގަޑިކަމަށްވާ ހަވީރު 5 ފެށިގެން ރޭގަނޑު 8 އަކާއި ދެމެދު ބޭރުގައި އުޅުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށާއި، ކާއެއްޗެހި ޑެލިވަރ ކޮށްދޭ ކެފޭ ރެސްޓޯރެންޓް ތަކަަށް ކަމަށެވެ.

ފާސް ދޫކުރުން މާލެ ޓޯޔާޑްގައި އަދި ހުޅުމާލެ އާއި ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ދާނެ ކަމަށެވެ.

މާލެ ހިމެނޭ ސަރައްހަދު ކޮންމެ ދުވަހަކު 3 ގަޑިއިރަށް ބަންދުކުރަން ނިންމީ، މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް 19 އަށް ޕޮޒިޓިވް 4 ދިވެއްސެއް ވަނީ ފެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!