ޚަބަރު

"ދެން'' އިން ކުރުވާހަކަ ލިޔުމުގެ މުބާރާތެއް،ގޭގައި ތިއްބަވައިގެން ރޯދަ މަހާއި ގުޅޭ އިނާމު ހޯއްދަވަން ރަނގަޅު ފުރުސަތެއް

ދެން އެމްވީ ، ދެން އޮންލައިން

''ދެން''ނޫހުން ކުރުވާހަކަ ލިޔުމުގެ މުބާރާތެއް އިއުލާންކޮށްފިއެވެ.

Ads by MWSC

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު ، ވާހަކަތައް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ.

މިމުބާރާތާއި ގުޅޭ ގޮތުން އެޑިޓަރ ޢަލީ ޝިފާޒް ބުނީ ، މި މުބާރާތުގެ ބޭނުމަކީ ކޮވިޑް19 އާއި ގުޅިގެން ގޭގައި ތިއްބަވާއިރު އުފެއްދުންތެރި އަދި އިނާމެއް ލިބޭ މަސައްކަތެއް ހުޅުވާލުން ކަމަށެވެ. އަދި މިމުބާރާތުގައި ހޮވާ ކިޔުންތެރިންގެ އެއްވަނަ އާއި ފަނޑިޔާރުންގެ އެއްވަނަ އަށް ހޮވޭ ފަރާތްތަކަށް ''ދެން''ނޫހުގެ ވާހަކަ ލިޔުންތެރިއަކަށް ރަސްމީ ގޮތުން ހަމަޖެއްސުމަށް ވެސް ވިސްނާފައިވާ ކަމަށެވެ.

''ގޭގައި ތިބޭއިރު ފުރުސަތެއް ހުޅުވާލުން ބޭނުމަކީ ، މީގެ އިތުރުން ދެ ކެޓަގަރީން އެއްވަނަ އަށް ދާ ފަރާތްތަކަށް ވާހަކަ ލިޔުމަށް ރަސްމީގޮތުން ފުރުސަތު ދިނުމަށް ވިސްނަން'' ޝިފާޒު ބުންޏެވެ.

ޢަލީ ޝިފާޒު ބުނީ މިހާރުވެސް ބައެއް ވާހަކަތައް ލިބިފައިވާ ކަމަށާއި އަދި އިތުރަށް ވެސް މީހުން މައުލޫމާތު ސާފު ކުރަމުން ގެންދާ ކަމަށެވެ.

މިމުބާރާތުގައި ބައިވެރިކުރާ ވާހަކައިގެ ދިގުމިނަކީ 900 އާއި 1300 ބަހުގެ އަދަދެކެވެ. ވާހަކަ ވާން ޖެހޭނީ ހުށަހަޅާ މީހާގެ އަމިއްލަ އަދި ގޯސްކަމަކަށް ހިތްވަރު ނުދޭފަދަ ވާހަކައަކަށެވެ. އަދި އެކަކަށް އެއް ވާހަކައަށް ވުރެ ގިނަ ވާހަކަވެސް މިމުބާރާތުގައި ބައިވެރި ކުރެވިދާނެއެވެ.

މި މުބާރާތުގެ ކިޔުންތެރިން ހޮވާ އެއްވަނަ އިނާމަށްދޭ ހަދިޔާއަކީ ރައިސްކުކަރ ، މިކްސަރ އަދި މައިކްރޯވޭވް އަވަނެއް ހިމެނޭ ގިފްޓް ޕެކެކެވެ. ފަނޑިޔާރުންގެ އެއްވަނައަށް ހޮވާ ފަރާތަށް ދޭ އިނާމަކީ ރައިސް ކުކަރ ، މިކްސަރ ،ޓޯސްޓަރ ، ސޭންޑްވިޗް މޭކަރ ،އަދި ފެން ހޫނުކުރާ ޖަގެއް ހިމެނޭ ގިފްޓް ޕެކެކެވެ.

މި މުބާރާތަށް ހުށަހަޅާ ވާހަކަތައް ދެން ނޫހުގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!