ލައިފްސްޓައިލް

އެންމެ ޗެލެންޖެއްގައި ވެސް ބައިވެރިނުވާ މީހުން ކޮބާ؟

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް-19 ވައިރަހުގެ ސަބަބުން ގިނަ ގައުމުތަކުގައި ވަނީ ސުކޫލުތަކާއި އޮފީސްތަކާއި އަދި ސަރުކާރު ބަންދުކޮށް ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ދިއުން މަނާކޮށްފައެވެ. އެގޮތުން ރާއްޖޭގައި ވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި ސަރުކާރުން ވަނީ ޕާކްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި ސުކޫލުތަކާއި އަދި ސަރުކާރުވެސް ބަންދުކޮށްފައެވެ. އަދި ގޭގައި ތިބުމަށް ސިއްހީ މާހިރުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

Ads by STELCO

ގޭގައި ތިބެން ޖެހުމާއެކު ގިނަ ބައެއްގެ މަންޒިލަކަށް ވެގެން ދިޔައި މީސް މީޑިއާއެވެ. ފޫހި ފިލުވާލުމަށްޓަކައި ތަފާތު އެކި އެކި ޗެެލެންޖުތައް ވެސް ވަނީ މީސް މީޑިއާގައި ފަށާފައެެވެ. ކުދި ކުދި ގޭމްތަކަކުން ފެށިގެން އައި މި ކަންތައް މިހާރު ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ. އެގޮތުން ޓޮއިލެޓު ޕޭޕަރ ރޯލު ޗެލެންޖަކުން ފެށިގެން އައިސް މިހާރުވަނީ ގުރުއާން ކިޔަވައި އަޕްލޯޑުކުރުމުގެ ޗެލެންޖެއް ވެސް ވައިގައި ހިފާފައެވެ. މި ޗެލެންޖުތަކަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ސަރުކާރުގެ އިސް ފަރާތްތަކާއި މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ.

ނަމަވެސް މި އިން އެއްވެސް ޗެލެންޖެއްގައި ބައިވެރި ނުވާ މީހުން ވެސް މަދެއް ނޫނެވެ. މީގެ ތެރެއިން ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިފަދަ ޗެލެންޖުތައް ކުރުމަކީ ބޭކާރު ކަމެކެވެ. އަދި މި ފަދަ ކަންކަމުގައި ވަގުތު ބޭކާރު ކުރުމަށް ވުރެ މުހިންމުކަންތައްތަކަށް ވަގުތު ހޭދަކުރުން މާ ރަނގަޅެވެ. ހަމައެހެންމެ މިފަދަ ކަންތައްތަކުން މާ ބޮޑު ފައިދާއެއް ނުކުރާ ކަމަށާއި ބައެއް ކަންތައްތަކުން ދެއްކުންތެރިކަން ހާމަވާ ކަމަށްވެސް ބައެއް މީހުން ގަބޫލުކުރެއެވެ.

ޗެލެންޖުތަކުގައި ބައިވެރިވާން ބޭނުން ނުވާ މީހުންގެ ހިޔާލު މިހެން ހުރި ކަމުގައި ވިޔަސް ޗެލެންޖުތަކުގައި ބައިވެރިވާ މީހުން ބުނަނީ މިފަދަ ކަންކަމަކީ ގޭގައި ތިބޭއިރު ކޮށްލަން ރަނގަޅު ކަންތައްތައް ކަމަށެވެ. އަދި މިފަދަ ކަންކަމުން ހުނަރު ދައްކާލަން ލިބި ފުރަބަންދުގެ ދުވަސްތައް އެންމެ ރަނގަޅަށް ހޭދަކުރުމަށްޓަކައި މިއީ ވެސް ކޮށްލަން ރަނގަޅުކަމެއްގެ ގޮތުގައި މިފަދަ މީހުން ފާހަގަކުރެއެވެ. މި ޗެލެންޖުތަކުގައި ބައިވެރިވުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތްކަމަށް ވެސް މި ފަރާތްތަކުން ފާހަގަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!