Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޝައިޚް ސަމީރުގެ ދަރުސްތައް ފޭސްބުކް މެދުވެރިކޮށް!

ޖަމްޢިއްޔަތުއްސަލަފްގެ އިލްމްވެރީންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް އަޙުމަދު ސަމީރުގެ ސިލްސިލާ ދަރުސްތައް ފޭސްބުކްގެ ޒަރީޢާއިން ކުރިއަށް އެބަގެންދެއެވެ.

ކޮވިޑް19 އާއި ގުޅިގެން މިސްކިތްތަކުގެ ޖަމާޢަތްތައް ހުއްޓާލުމާއެކު ޖަމްއިއްޔަތުއްސަލަފުން މިސްކިތްތަކުގައި ކުރިއަށް ގެންދިޔަ ސިލްސިލާ ދަރުސްތައް ވެސް ވަނީ މެދުކެނޑިފައެވެ. މިއާއެކު ޝައިޚް ސަމީރުގެ ފޭސްބުކް ޕޭޖުން ލައިވް ކުރަން ފެށި ދަރުސްތަކަށް ދަނީ ބޮޑު ތަރުހީބެެއް ލިބެމުންނެވެ.

މިދިޔަ ހަފްތާގައި ޝައިޚް ފެއްޓެވި ދަރުސްތަކުގެ ތެރޭގައި "ބަލިތަކުން ރައްކާތެރިވުމުގައި ނަބަވީ އިރުޝާދު" މި މައުޟޫއަށް ވެސް ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ސުވާލާއި ޖަވާބުގެ ސެޝަނެއް ވެސް ޝައިޚް ބާއްވަވާފައިވެއެވެ.

Advertisement
Allied — Dhen Online (box)

ޝައިޚް ސަމީރުގެ ދަރުސްތަކަކީ އާންމުންގެ މެދުގައި ވަރަށް މަޤުބޫލު އަދި ތަރުހީބު ބޮޑު ދަރުސްތަކެކެވެ. އެ ދަރުސްތަކުގެ ތެރެއިން ވެސް 30 ދަރުސަށްވުރެ ދިގު ސިލްސިލާ ،"މަޢަﷲ" (ﷲއާއެކު) އަށް ވަނީ އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް