މުނިފޫހިފިލުވުން

މަނީ ހެއިސްޓް ނިކުތުމާއެކު ނެޓްފްލިކްސް ޑައުންވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މަނީ ހެއިސްޓް ސީޒަން 4 ނިކުތުމާއެކު ނެޓްފްލިކްސް ޑައުން ވެއްޖެއެވެ.

މަނީ ހެއިސްޓް ނިކުތުމާއެކު އެއްފަހަރާ މާގިނަ ބަޔަކު ނެޓްފްލިކްސް އަށް ވަނުމުން ނެޓްފްލިކްސް ޑައުންވެ، ލޯޑުވުމުގެ މައްސަލަ ދިމާވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 2 ހާހަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ ކުރިން މިދިޔަ މާރިޗް މަހުގެ 25 ވަނަ ދުވަހުގެ ރޭގައިވެސް ވަނީ ނެޓްފްލިކްސް ޑައުންވެފައެވެ. ބެލެވޭ ގޮތުގައި އެރޭ ނެޓްފްލިކްސް ޑައުން ވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެތައް ބަޔަކު ގޭގައި މަޑުކުރަން ޖެހިފައި ވާތީ ނެޓްފްލިކްސް ބޭނުން ކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ނެޓްފްލިކްސް އަށް ބާރު ބޮޑުވުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!